logo
logo
ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން: ރައީސް

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން: ރައީސް

2025 އޭޕްރީލު 18
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމަށެވެ.

އެމަނިކުފާނުގެ މެސެޖްގައި ވަނީ ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައިފައެވެ.

އެމަނިކުފާނު ވަނީ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ޞިއްޙީ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުޅި ޢާއިލާއަށް އަރިސްކުރައްވައިފައެވެ.

ޑޮކްޓަރުންނަށް ދިމާވާ އެކި ދަތިތައް ހައްލުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ސަރުކާރުން ދަނީ އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުުންނެވެ.

ކޮންމެ އަހަރަކުވެސް ދިވެހި ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަނީ އެޕްރީލް މަހުގެ 18ވަނަ ދުވަހުއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް