.png&w=3840&q=75)
ފެކެޓް ޗެކް: ސުޕްރީމް ކޯޓުގައި ތަޅު އެޅުވީވެސް އެމްޑީޕީން، ފަނޑިޔާރަކު ރަހީނުކުރީ ވެސް އެމްޑީޕީން
ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ކުރިން ހުންނެވި ސ. މީދޫ ހަސަންކާރިގޭ ހުސްނުއްސުޢޫދު އެ ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާތީ ކަމަށް ވިސްނާދޭން އިދިކޮޅު އެމްޑީޕީން ނުހަނު މަސައްކަތްކުރާތަން އެބަފެނެއެވެ.
ހަގީގަތް ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. ފަނޑިޔާރު ސުއޫދު އިސްތިއުފާދެއްވީ ސުޕްރީމްކޯޓުގެ 3 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއިން ބަލަންފަށާ ސުއޫދުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަންފެށުމުންނެވެ.
ޢެމްޑީޕީއެވެ ! ރައްޔިތުން ގުނބޯ ހެއްދުނު ދުވަސް މާޒީވެއްޖެއެވެ.
އެމްޑީޕީ އަކީ ކޮންބައެއްކަން ނޭނގޭ ރައްޔިތަކު މި ރާއްޖޭގައި ނޫޅޭނެއެވެ. ތިޔައީ މޭޑޭގައި ފުލުހެއްގައި ތަޅާ އަނިޔާކުރި ބައިގަނޑެވެ. ރައްޔިތުންގެ ހަރު މުދަލަށް ގެއްލުންދިނުމުގެ މާޒީއެއް އޮތް ޕާޓީއެކެވެ. ބާރު ލިބޭ ކޮންމެ ފަހަރަކު ކަންތައް ކުރާގޮތް ދިވެހީންނަށް އިނގެއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޖުޑީޝަރީއަށް ކުރިމަތިވީ އާދަޔާޚިލާފު ގޮންޖެހުންތަކެކެވެ. އެ ދުވަސްވަރު ފަނޑިޔާރުންނަށް ދަައުލަތުން ދެމުން އަައި ރައްކާތެރިކަންވެސް ނިގުޅައިގަތީއެވެ. ފަނޑިޔާރުންގެ ގެކޮޅުތަކަށް ގޭންގު ހަދާފައި މީހުން ވަދެގަނެ ފަނޑިޔާރުންނަށް އަނިޔާކުރެވޭ ހިސާބަށް އެ ބޭފުޅުންނަށް ދީފައި އޮންނަ ރައްކާތެރިކަން ހީނަރުވިއެވެ. އެއިރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ އަމުރުފުޅަށް ސުޕްރީމް ކޯޓުގައި ތަޅުވެސް އެޅުވިއެވެ. ސުޕްރީމް ކޯޓު ކުރިއަށްނުދީ ހުއްޓުވާފައި ބޭއްވިއެވެ.
އެވަރުން ފަރުޖައްސާލީއެއް ނޫނެވެ. ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރަކު ރަހީނުކޮށް ވީނުވީއެއް ނޭނގި ގެއްލުވައިލިއެވެ. ސިފައިން ފޮނުއްވައިގެން ކުރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ ގެންދެވި ތަނެއްވެސް ނާނގަވައި ބަންދުކުރައްވަައިގެން ގެންގުޅުއްވީ ސުޕްރީމް ކޯޓާއި ހައިކޯޓުގެ އަމުރުތަައް ބޮލާލައިޖެއްސެވުމަށްފަހުއެވެ.
ޖޭއެސްއީ ކުޅޭ ކުޅޭ ތަނަކަށް ހެދުން
2018 ވަނަ އަހަރު ބޮޑު އަގުލަބިއްޔަތަކާއެކު އިބްރާހިމް މުޙައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައްޔިތުން އިންތިހާބު ކުރީ ފޮނި އުންމީދަކާއެކުއެވެ. ޖުޑީޝިއަރީ މިނިވަންކުރާނެ ކަމުގެ ބޮޑު ވައުދު ފުއްދަވާނެކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް ކަންތައް ވެގެންދިޔައީ އެހެންނެއް ނޫނެވެ. ރައްޔިތުން މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުމުން އެމްޑީޕީން އުޅުނީ ހިޔަންޏަށް މުޑިނަގާށެވެ.
މަޖިލީހުގެ އަޣުލަބިއްޔަތާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ބާރުވެސް ލިބުނީއެވެ. އެހިސާބުން ޖޭއެސްސީން ހިންގީ މިފަހުގެ ތާރީހުގައި ދިވެހި ދައުލަތުގެ މުއައްސަސާއަކުން ހިންގި އެންމެ ބޮޑު އެއް ޖަރީމާއެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބެލުމުގެ ނަމުގައި، އެތަައް އަހަރެއްގެ ތެރޭގައި އެ ފަނޑިޔާރުން ބެއްލެވި މައްސަލަތަކުގައި ނިންމަވާފައިވާ ނިންމެވުންތަކަކީ ޣައުރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ ނިންމުންތަކެއްކަމަށް ކަނޑައަޅައި، ފަނޑިޔާރުން ވަކިކުރީއެވެ.
މިއަދު ކަރުންހަންދާވަރަށް ޖުޑީޝިއަރީ މިނިވަންކޮށް ހިމާޔަތް ކުރާވާހަކަދައްކާއިރު ހަނދާން ނައްތާލައިގެން ނުވާނެ ކަމަކީ މި ރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑާލުމަށް އެމްޑީޕީން ކޮށްފައިވާ ކަންކަމެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި2025 އޮކްޓޯބަރު 19
ފުލުހުންގެ ފަރާތުން ރޭ ފެނުނު ކެތްތެރިކަމާއި ހުޝިޔާރުކަމަށް ގިނަ ބައެއްގެ ތަޢުރީފް2025 އޮކްޓޯބަރު 04
ރޭގެ މުޒާހަރާއިން ހައްޔަރުކުރި ގިނަ މީހުނަށް އިތުރު މުއްދަތު ޖަހައިފި2025 އޮކްޓޯބަރު 04
އެއްބަސްވުމާއި ޚިލާފުވެ، އެމްޑީޕީ ޖަލްސާ މުޒާހަރާއަކަށް ބަދަލުކޮށް ފުލުހުންނާ ކުރިމަތިލައިފި2025 އޮކްޓޯބަރު 03