އިސްރަށްވެހިންނަށް ކުލިނިކްތަކާއި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭގޮތަށް މެމްބަރޝިޕް ކާޑް ތަޢާރަފްކޮށްފި!

ކިއުގައި ނުޖެހި ޚިދުމަތް ހޯދުމަށާއި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ ގޮތަށް އިސްރަށްވެހިންގެ ނާދީގެ މެމްބަރޝިޕް ކާޑު ތަޢާރަފްކޮށްފިއެވެ.
އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުން ފާހަގަކުރަން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި ކާޑު ތަޢާރަފްކޮށް ދެއްވީ ފަސްޓްލޭޑީ ސާޖިޒާ މުޙައްމަދެވެ.
މި ކާޑުން ލިބޭ ފައިދާތަކުގެ ތެރޭގައި އިސްރަށްވެހިންގެ ނާދީ އާ ގުޅިފައިވާ ތަންތަނުން ޑޮކްޓަރަށް ދެއްކުމަށް ފަސޭހަވުމާއި ކްލިނިކްތަކުން ޑިސްކައުންޓް ލިބުން ހިމެނެއެވެ.
އެގޮތުން މިހާރުވެސް އައިކެއާ އަދި ދިވެހި ބޭހާ ބެހޭ ކްލިނިކެއް ނާދީއާއެކު އެއްބަސްވުން ހަދާފައިވާ ކަމަށް، ކުރިއަށް އޮތް ތަނުގައި ވިޔަފާރިތަކުން ޑިސްކައުންޓް ހަމަޖެއްސުމަށް އެ ވިޔަފާރިތަކުގެ ވެރިންނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އިސްރަށްވެހިންގެ ނާދީގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކަށްވެސް މިއަދުން ފެށިގެން ކާޑް ލިބޭނެއެވެ. އަދި އިސްރަށްވެހިންގެ ނާދީގައި ރަޖިސްޓްރީ ވާން ބޭނުންވާ 55 އަހަރުން މަތީގެ ކޮންމެ މީހަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އިތުރަށް




.gif.gif&w=828&q=100)
