logo
logo
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ޓެކްސީ ހިދުމަތް ދޭކަށް ނޫޅޭ: ފަލާހު

2025 ފެބްރުއަރީ 10
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ޓެކްސީ ހިދުމަތް ދޭން ސަރުކާރުން ނޫޅޭ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ޓެކްސީ ޑްރައިވަރުންނަށް ހުރި އުނދަގޫތައް ހައްލުކޮށްދޭން ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ހުރި ދަތިތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ގާތުން ބައްލަވަމުން ކަމަށެވެ.

މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދިނުމަށް ސަރުކާރު ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް އެ މަސައްކަތް ކުރައްވަނީ ވަކި ބަޔަކު ބޭރު ކުރަން ނޫން ކަމަށާއި އެކަން ކުރައްވަނީ އާންމު ރައްޔިތުންނަށް ޔަގީންކަމާ އެކު ޓެކްސީ ހިދުމަތް ލިބޭނެ ނިޒާމެއް ގާއިމް ކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭކަށް ނޫޅޭ ކަމަށެއެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް މިހާރު ހުރި ގޮންޖެހުންތަކާއި އެ ބޭފުޅުންނަށް ހުރި ދަތިތަކާ، މި ހުރިހާ ކަމެއް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވަރަށް ކައިރިން ބައްލަވާ އެކަން ހައްލު ކުރުމަށްް ވަރަށް ކައިރިން މަސައްކަތް ކުރައްވަމުން ކަމަށް ފަލާހު ވިދާޅުވިއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް