ޚަބަރު
ތިން ކިލޯއަށްވުރެ ގިނަ ހެރޮއިން ރާއްޖެ އެތެރެކުރަން އުޅުނު ދިވެއްސަކު އަތުލައިގެންފި
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 18
ތިން ކިލޯއަށްވުރެ ގިނަ ހެރޮއިން ރާއްޖެ އެތެރެކުރަން އުޅުނު ދިވެއްސަކު އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގެންފައިވަނީ ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނިކޮށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
ކަސްޓަމްސްއިން ހިފެހެއްޓީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށާއި އެތަކެތީގެ ބަރުދަނުގައި 3 ކިލޯ 200 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މިތަކެތި އަތުލައިގެންފައި ވަނީ މިހިނގާ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު މެލޭޝިއާއިން ރާއްޖެ އައި 32 އަހަރުގެ ދިވެހި ފިރިހެނެއްގެ ލަގެޖުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިތަކެތި ފެނިފައި ވަނީ އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކު ކުރެވިގެން ބަލާފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
އިތުރަށް

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހުން ހައްޔަރުކޮށްފި
24 ނޮވެމްބަރު 2026

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި
12 ނޮވެމްބަރު 2026

އުމުރުން ދޮށީ މީހަކު ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކޮށްފި
26 އޮކްޓޯބަރު 2026
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު ދެ މީހަކު އަތުލައިގެންފި
19 އޮކްޓޯބަރު 2026

.gif.gif&w=828&q=100)