ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ އަތުލައިގެންފައިވަނީ 167.3 ގްރާމްގެ ސިންތެޓިކް ކެތިނޯން އާއި 117.6 ގްރާމްގެ ކޮކެއިން ކަމަށެވެ.
މި ތަކެތީގެ ބަރުދަނުގައި ހުރީ 284.9 ގްރާމްއެވެ. އަތުލައިގެންފައިވަނީ ދިރުވާލައިގެން އެތެރެކުރަން މަސައްކަތް ކޮށްފައިވާ 19 ބުލެޓެވެ.
މި ތަކެތި އަތުލައިގެންފައިވަނީ ތައިލެންޑުން ރާއްޖެ އައި 62 އަހަރުގެ ދިވެހި ފިރހެނެއްގެ އަތުންކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މީހާ އަތުލައިގެންފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ފޮރުވައިގެންނާއި އެހެނިހެން ގޮތްގޮތުން އެތެރެކުރާ މަސްތުތަވާތަކެތި އަތުލައިގަންނަ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ.
އިތުރަށް



.gif.gif&w=828&q=100)