logologologologo
STO
ޚަބަރު

ޓީއެމްއޭގެ ބޯޓަކަށް ދިމާވި ހާދިސާއެއްގައި ކުރޫއަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާދެނީ

ޓީއެމްއޭގެ ބޯޓަކަށް ދިމާވި ހާދިސާއެއްގައި ކުރޫއަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާދެނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 11

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސީޕްލޭން ބޭސްގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ޓްވިން އޮޓާ މަރުކާގެ ސީޕްލޭނަކަށް ހާދިސާއެއް ދިމާވެ، އަނިޔާވި ކެބިން ކްރޫއަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ކެބިން ކްރޫއަށް އަނިޔާވީ ސީޕްލޭނާއި ޑޮކްއާ ދޭތެރޭ ފިތިގެން ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު ގާތްގަނޑަކަށް 2:25 ހާއިރުއެވެ. ޓީއެމްއޭގެ މި ސީޕްލޭން ފުރަން ތައްޔާރުވަމުން ދަނިކޮށް، ބޯޓުގެ އެއް ފަރާތު ފްލޯޓް (ފެންމަތީގައި ބޯޓު ހިފަހައްޓައިދޭ ބައި) ވަނީ ބޯޓާ ކޮންމެވެސް ވަރަކަށް ވަކިވެ ނެއްޓިފައެވެ. މިކަމުގެ ސަބަބުން ބޯޓު ވަނީ އެއްފަރާތަކަށް އަރިއަޅާލައި މޫދަށް ތިރިވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޚާއްސަ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށް އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

 

View post on Twitter

 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓީއެމްއޭގެ ސީޕްލޭން ޓާމިނަލް ކައިރީގައި އޮތް އެ ބޯޓުގެ އެއް ފިޔަގަނޑު ވަނީ މޫދުގެ އަޑިއަށްގޮސްފައެވެ.

މި ހާދިސާގެ ސަބަބުން އެއާޕޯޓުގެ އެހެނިހެން ސީޕްލޭން ދަތުރުތަކަށް ބުރޫއަރާފައެއް ނުވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް