logologologologo
STO
ޚަބަރު

ޓީއެމްއޭގެ ބޯޓަށް ދިމާވި ހާދިސާ، މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ތަޙުޤީޤު ކުރަނީ

ޓީއެމްއޭގެ ބޯޓަށް ދިމާވި ހާދިސާ، މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ތަޙުޤީޤު ކުރަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 12

ޓީއެމްއޭގެ ބޯޓަށް ދިމާވި ހާދިސާ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ތަޙުޤީޤު ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 11 ނޮވެމްބަރު 2026 ވީ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލުން ފުރަން އުޅުމުގެ ތެރޭގައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސީ ޕްލޭނެއް ޑޮކްގައި ޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ އެ ހާދިސާގައި ބޯޓުގެ ކެބިން އެޓެންޑެންޓަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އިތުރު މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

މި ހާދިސާ މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު، އެމްޓީއެސްބީ އިން ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަކީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެދަށުން ހިންގާ ބޯޑެކެވެ.

މި ހާދިސާގެ އިތުރު މަޢުލޫމާތު ކަށަވަރު ވަމުންދާ ވަރަކަށް ހާމަކުރަމުންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ހާދިސާ ހިނގުމާއެކު އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސްއާއި ޓީއެމްއޭގެ މުވައްޒަފުން ހަރަކާތްތެރިވެ، ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންނާއި އެހެން ކްރޫން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައިވާ ކަމަށް ޓީއެމްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާވީ ހާދިސާ ހިނގި ވަގުތު ބޯޓުގެ ކަނދުމަތީގައި ހުރި އުމުރުން 20 އަހަރުގެ ދިވެހި ފިރިހެން ކްރޫއަކަށެވެ. އޭނާ ވެއްޓި، ޕްލެޓްފޯމާއި ބޯޓާ ދެމެދު ތާށިވެގެން ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އޭނާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި އެޑްމިޓްކޮށްފައިވާއިރު، އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް