ޚަބަރު
މަރުވެފައި އޮތް މީހަކު ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރެއިން ފެނިއްޖެ

ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 09
މަރުވެފައި އޮތް މީހަކު މާލޭގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރެއިން ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މާލެ، ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޚަބަރު ހުސްވެފައިއޮތް މީހެއް އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:17 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފަައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އިތުރަށް

އޮގަސްޓް މަހު ހުވަދޫ ކަނޑަށް ގެއްލުނު ސިފައިންގެ މީހާ ނިޔާވި ކަމަށް ކަނޑައަޅައިފި
24 ނޮވެމްބަރު 2026

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހުން ހައްޔަރުކޮށްފި
24 ނޮވެމްބަރު 2026

ޤަޠަރުގައި ބޭއްވި 15 ވަނަ އިންޓަރޕާ ކޮންފަރެންސްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ
19 ނޮވެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި
19 ނޮވެމްބަރު 2026

.gif.gif&w=828&q=100)