logologologologo
STO
ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 19

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން 21 އަހަރުގެ ދެ ޒުވާނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ މި ދެ މީހުންނަކީ ނޫރާނީވިލާ / އދ. ދިއްދޫ، ޙުސައިން ޒަޔާން (21އ) އާއި، ގ. ސިނަމާލެ 022-13 / މާލެ، މުޙައްމަދު އިޔާޒު ޢަބްދުﷲ (21އ) އެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް، ފުލުހުން ފެނުމުން ސައިކަލެއްގައި ފިލަން މަސައްކަތް ކުރުމާ ގުޅިގެންނެވެ. އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 7 ދަޅާއި، 6 ރަބަރު ޕެކެޓް އަދި 18 ސެލޯފިންކޮޅު ވަނީ ފެނިފައެވެ.

އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 297.4 ގުރާމް ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ޒަޔާން 10 ދުވަހަށް އަދި މުޙައްމަދު އިޔާޒު ޢަބްދުﷲ 7 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް