logologologologo
STO
ޚަބަރު

4 އަހަރު ކުރިން ކަނޑުމަތިން ގެއްލުނު މިންހާޖު ނިޔާވެފައިވާ ކަމަށް ކަނޑައަޅައިފި

4 އަހަރު ކުރިން ކަނޑުމަތިން ގެއްލުނު މިންހާޖު ނިޔާވެފައިވާ ކަމަށް ކަނޑައަޅައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 19

މީގެ ހަތަރު އަހަރު ކުރިން އއ. މާޅޮހުގެ ދެކުނުން ލޯންޗެއް ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ސ. ހިތަދޫ، މިންހާ، މުޙައްމަދު މިންހާޖު ނިޔާވެފައިވާ ކަމަށް ކަނޑައަޅައިފިއެވެ.

މާލޭގެ ކުރީގެ ކުނިކޮށި ސަރަހައްދުން ފުރައިގެން މާޅޮހަށް ދަތުރުކުރަނިކޮށް ލޯންޗު ބަންޑުންޖަހާލި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އަނެއް ޒުވާނާ ސަލާމަތުން ފެނުނު ނަމަވެސް، މިންހާޖުގެ ޚަބަރެއް ނުވެ ގެއްލިފައިވާތީ އޭނާގެ ޚަބަރެއް ނުވެގެން 2022 ވަނަ އަހަރުގެ އޮކްޓޫބަރު 6 ވަނަ ދުވަހު އާއިލާއިން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.

މިންހާޖު ގެއްލުނުތާ ހަތަރު އަހަރު ފާއިތުވެފައިވާއިރު، އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން މާދަމާ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒު (ސަލްމާން މިސްކިތް) ގައި އޮންނާނެ ކަމަށް ކަށުނަމާދު ޕޭޖުގައި ވަނީ އާންމުކޮށްފައެވެ.

ކަނޑުމައްޗަށް ވެއްޓި ގެއްލި، ހޯދައި ނުފެނި ގިނަ ދުވަސްވާ މީހުންނާމެދު ޝަރުޢީ އަދި ޤާނޫނީ ގޮތުން ގޮތް ނިންމާނީ ކަމާބެހޭ ފަނޑިޔާރުންނެވެ. އެގޮތުން ގެއްލުނު މީހާ ނިޔާވެފައިވާ ކަމަށް ފަނޑިޔާރަކު ކަނޑައެޅުމުން، ޝަރުޢީ ހަމަތަކުގެ މަތިން އޭނާގެ މައްޗަށް ކަށުނަމާދުކުރުމުގެ ކަންކަން ކުރިއަށް ގެންދެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް