2022 ގައި ނިންމި ފީވަކު ނަރުދަމާ ނިޒާމް، މަރާމާތު ކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

ށ. ފީވަކު ނަރުދަމާ ނިޒާމް މަރާމާތު ކުރުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެ ކުންފުންޏާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ތިމާވެއްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ޔޫސުފްއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު މުޒްނާއެވެ.
ށ. ފީވަކުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމައި ފެނަކައާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. ނަމަވެސް، އެ ނިޒާމު ޑިޒައިން ކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން، ރައްޔިތުންނަށް އެދެވޭ ގޮތެއްގައި އޭގެ ބޭނުންކޮށް ޚިދުމަތް ހޯދުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވެފައިވާކަން ފާހަގަ ކުރެވެއެވެ.
ސަރުކާރުން މިއަދު ސްޓެލްކޯއާ މި މަސައްކަތް ހަވާލުކުރީ އެ މައްސަލަތައް ހައްލުކޮށް، މަރާމާތުކޮށް، މި ނިޒާމް ރަނގަޅު ފެންވަރެއްގައި ހިންގުމަށެވެ.
މި ސަރުކާރު ހަވާލުވީއިރު ރާއްޖޭގައި ފެނުގެ ޚިދުމަތް ރަނގަޅަށް ދެވެނީ 66 ރަށުގައެވެ. އަދި ނަރުދަމާގެ ޚިދުމަތް ރަނގަޅަށް ގާއިމުކުރެވިފައި އޮތީ 101 ރަށުގައެވެ. މި ސަރުކާރުން ހަވާލުވިފަހުން 42 ރަށުގައި ވަނީ ފެނުގެ ޚިދުމަތް ގާއިމުކޮށްފައެވެ. އަދި 39 ރަށުގައި ނަރުދަމާގެ ނިޒާމު ވަނީ ގާއިމުކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)