ހުވަދު އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެދަށަށް ބަދަލުކޮށްފި

ހުވަދު އަތޮޅުގެ ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތްތައް ދިނުން ސްޓެލްކޯގެދަށަށް ބަދަލުކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ގއ. އަދި ގދ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ އެ ކުންފުނިން މިހާރު ރަސްމީކޮށް ޙަވާލުވެފައިވާ ކަމަށެވެ. އަދި މި ރަށްތަކުގައި ސްޓެލްކޯއިން މިއަދު ވަނީ ޚިދުމަތް ދޭން ފަށައިފައެވެ.
އެ ކުންފުނިން ބުނީ އެ އަތޮޅުތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު، އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ކުރަމުން ދާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ އަމާޒަކީ މި ދެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށެވެ.
ފެނަކަ އުވާލާ ސްޓެލްކޯއިން މުޅި ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭގޮތަށް ހަދަން ސަރުކާރުން ނިންމާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.
ފެނަކަ އުވާލައި ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެދަށަށް ބަދަލުކުރަން ނިންމެވުމަށްފަހު، ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފެނަކައާއި ގުޅިގެން އެކިއެކި ވާހަކަތައް އަޑުއިވިފައިވާ ކަމަށާއި އެގޮތުން މިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކައިގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ވެސް ފެންނަން އޮތްކަމަށެވެ.
ރައީސް ވިދާޅުވީ ފެނަކަ ރަނގަޅުކޮށް، ހިންގުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެކަމަކީ ކުރެވޭނެ ކަމެއްގެ ގޮތުގައި ފަންނީ ބޭފުޅުން ގަބޫލު ނުކުރައްވާ ކަމަށާއި އެހެން ކަމުން ސަރުކާރުން އެކަމާއި ގުޅޭ ގޮތުން ވަރަށް ފުންކޮށް ވިސްނައި، މަޝްވަރާކޮށް، ފެނަކަ އުވާލަން ނިންމާފައިވާ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)