logologologologo
STO
ޚަބަރު

ހުއްދަ ނެތި ކާބޯތަކެތީގެ ޚިދުމަތް ދެމުންދިޔަ 4 ތަނެއް ބަންދުކޮށްފި

ހުއްދަ ނެތި ކާބޯތަކެތީގެ ޚިދުމަތް ދެމުންދިޔަ 4 ތަނެއް ބަންދުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 27

ހުއްދަ ނެތި ކާބޯތަކެތީގެ ޚިދުމަތް ދެމުންދިޔަ 4 ތަނެއް ބަންދުކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ބުނީ ހުޅުމާލޭގައި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައިފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް އެޗްޑީސީ އާ ގުަޅިގެން 26 އޮކްޓޯބަރު 2026 ގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ ޤާނޫނު ނަންބަރު 6/2024 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ހިންގާ ތޯ އަދި ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަތުމަށް ހިންގި މި އޮޕަރޭޝަނުގެ ތެރެއިން 26 ތަނެއް ބަލައިފާސްކޮށް ، ހުއްދަ ނެތި ހިންގަމުމް ދިޔަ 4 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ވަނީ ސަރވެއިލަންސް އިންސްޕެކްޝަންތަކެއް އަންނަ ނޮވެމްބަރު މަހު ހިންގާނެ ކަމަށް ބުނެފައެވެ.

 

View post on Twitter

 

މިއީ "އަމިއްލަ ދިރިއުޅުމަށް ކުރާ، ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތުގެ މިންގަނޑު" އަށް ޢަމަލުކުރާ ގޮތް ބެލުމަށްޓަކައި ކުރާ އިންސްޕެކްޝަންތަކެކެވެ.

މި އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 5 ން 20 ގެ ނިޔަލަށް ކަމަށް އެ އޮތޯރިތީން ވަނީ ބުނެފައެވެ.

 

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް