logologologologo
STO
ކުޅިވަރު

ބާސެލޯނާގެ މައްޗަށް ކުރިހޯދައި އެލް ކްލަސިކޯ ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި

ބާސެލޯނާގެ މައްޗަށް ކުރިހޯދައި އެލް ކްލަސިކޯ ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 26

ސްޕެނިޝް ލާލީގާގައި ރޭ ކުޅުނު ފޯރިގަދަ "އެލް ކްލަސިކޯ" މެޗުން ބާސެލޯނާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި، ރެއާލް މެޑްރިޑުން މުހިންމު މޮޅެއް ހޯދައިފިއެވެ.

ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕްނޯގައި 62،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ބާސެލޯނާއިން ނުކުތީ މި ސީޒަނުގައި ލީގު މެޗަކުން ބަލިނުވެއެވެ. ނަމަވެސް، ރޭގެ ނަތީޖާއާއެކު 1968-69 ވަނަ އަހަރުގެ ސީޒަނުގައި ރެއާލް މެޑްރިޑުން ހަދާފައިވާ ރެކޯޑާ އެއްވަރުކުރުމަށް ހަންސީ ފްލިކްގެ ބާސެލޯނާއިން ކުރަމުން އައި އުއްމީދުތަކަށް ވަނީ ނިމުމެއް އައިސްފައެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ބާސެލޯނާއިން ކުޅުނު ނަމަވެސް، ރެއާލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ހަމަލާތައް އެ ޓީމުގެ ދެވަނަ ކީޕަރު އެންޑްރީ ލުނިން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ލުނިން މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނީ އެއްވަނަ ކީޕަރު ޓިބޯ ކޯޓުއާއަށް އަނިޔާވުމާ ގުޅިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ކީލިއަން އެމްބާޕޭ ވަނީ ރެއާލް މެޑްރިޑަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ޕެޑްރީ ދިން ބޯޅައަކުން ރަފީނިއާ ވަނީ ބާސެލޯނާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ.

ރެއާލް މެޑްރިޑް މޮޅުކޮށްދިން ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެޑުއާޑޯ ކަމަވިންގާ ދިން ޕާހަކުން އެމްބާޕޭއެވެ.

މި ނަތީޖާއާއެކު، ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އަދިވެސް އޮތީ 10 މެޗުން ލިބުނު 27 ޕޮއިންޓާއެކުގައެވެ. އަދި މޮޅުވި ރެއާލް މެޑްރިޑް އޮތީ 10 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް