ކުރިއަށް އޮތް ތަނުގައި ދަރަނި ދެއްކުމުގައި ސަރުކާރަށް ނުއުފުލޭވަރުގެ ބުރައެއް ނެތް: މާލީ ވަޒީރު

ކުރިއަށް އޮތް ތަނުގައި ދަރަނި ދެއްކުމުގައި ސަރުކާރަށް ނުއުފުލޭވަރުގެ ބުރައެއް ފެންނަން ނެތް ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ގެނެސްދޭ އަހާ ފޯރަމްގެ 10 ވަނަ އެޕިސޯޑްގައި މިރޭ ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ މިއަހަރު ނިމުމަށްފަހު އެހާ ބޮޑު ދަރަނިތަކެއް ދައްކަން ނެތް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ދައްކަން ހުރި ދަރަންޏަކީ ދައުލަތަށް ލިބޭ އާމްދަނީން ދެއްކޭނެ ވަރުގެ ދަރަނިތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެހެންވީމާ އެ ދަރަނިތައް ދެއްކުމުގައި މީގެ ކުރިން މިއަހަރުތެރޭ ދިމާވި ގޮންޖެހުންތަކެއް އެ ލެވެލްއަކަށް ދިމައެއް ނުވާނެ." ޒަރީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު އަޅާފައި ހުރި އާމްދަނީ އިތުރު ކުރުމުގެ ފިޔަވަޅުތަކާއި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވެސް ކުރިއަށް ގެންދާ ކަމަށާއި ހަމައެއާއިއެކު ދައުލަތުގެ މާލީ ޙާލަތު ރަނގަޅު މިސްރާބަކަށް ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދައްކަނީ ދަރަނި ދައްކަންޖެހޭ ކަން އެނގިގެން ކުރިއާލައި އެކަމަށް ތައްޔާރުވެގެން ކަމަށާއި އެގޮތުން ސަރުކާރުން ގެންދަނީ ސޮވްރިން ޑިވޮލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާ ކުރަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެހެންމެ ބޭރުގެ ދަރަނިތަކަކީ ބޭރު ފައިސާއިން ނުވަތަ ޑޮލަރުން ދައްކަންޖެހޭ އެއްޗަކަށް ވާތީ ޑޮލަރު އިތުރަށް ލިބޭނެ ގޮތްތައް ޤާނޫނުތަކަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން ފަހިކުރަމުން ގެންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް


.webp&w=3840&q=100)


.gif.gif&w=828&q=100)