ކުރެޑިޓް ރޭޓިން މަތިކުރުމަކީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ: މާލީ ވަޒީރު

ރާއްޖޭގެ ކުރެޑިޓް ރޭޓިން މަތިކުރުމަކީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ ކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ސޮވަރިން ކްރެޑިޓް ރޭޓިންގ މޫޑީޒް އިން މިއަދު ވަނީ "ސީއޭއޭ2" އިން "ސީއޭއޭ1" އަށް މަތިކޮށްފައެވެ.
މިކަމާއި ގުޅިގެން މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން ތަންފީޒު ކުރަމުން ދާ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މުޅި ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކާއި ގޮތް ނޭނގޭ ޙާލަތުގައިވެސް، ދިވެހިރާއްޖޭގެ މެކްރޯ އިކޮނޮމިކް ހަމަޖެހުން ދަމަހައްޓައި، އިޤްތިޞާދު ރައްކާތެރިކުރުމުގައި ސަރުކާރާއި މާލީ ވުޒާރާ ދެމިއޮންނާނެކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދު ރައްކާތެރިކުރުމަށް މި ސަރުކާރުން އަލާފައިވާ އެންމެ މުހިންމު އެއް ފިޔަވަޅަކީ 2024 ވަނަ އަހަރު ތައާރަފުކޮށް 2026 ގައި ފުޅާކުރި ބޭރުފައިސާގެ ސިޔާސަތެވެ. މިސިޔާސަތުގެ ސަބަބުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމި ރިޒާވާއި ސޮވެރިން ޑިވޮލޮޕމަންޓް ފަންޑް އިތުރަށް ވަރުގަދަވާނެ ކަމަށް ވަނީ ބެލެވިފައެވެ.
ރޭޓިންގ މަތިކޮށްފައިވަނީ ދައުލަތުން އަދާކުރި ބޮޑެތި ދަރަނިތަކަކަށް ފަހުގައެވެ. އެގޮތުން 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާހަލާސްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދެއްކުމުގެ އިތުރުން މެއި މަހު އަދި ސެޕްޓެމްބަރު މަހު 100 މިލިއަން ޑޮލަރުގެ ޓްރެޛަރީ ބިލް ވަނީ ދައްކައިފައެވެ.
އިތުރަށް


.webp&w=3840&q=100)


.gif.gif&w=828&q=100)