logologologologo
STO
ޚަބަރު

ފަސް ރުފިޔާގެ ނޫޓްގެ އައު ސްޓޮކެއް ގެނެސްފި

ފަސް ރުފިޔާގެ ނޫޓްގެ އައު ސްޓޮކެއް ގެނެސްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 14

ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން އެ ނޫޓުގެ އައު ސްޓޮކެއް ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނީ ބަޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވެފައިވަނީ މިހާރު ދައުރުކުރަމުންދާ ނޫޓުތައް ބާވެ ހަލާކުވުމާ ގުޅިގެން ކަމަށެވެ. އެހެންވެ، އަލަށް ގެނައި ނޫޓުތައް މާދަމާއިން ފެށިގެން ބާޒާރުގައި ދައުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިޤްތިޞާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށްޓަކައި އެ އޮތޯރިޓީން ދަނީ މަސައްކަތް ކުރަމުން ކަމަށާއި އެގޮތުން، ފަސް ރުފިޔާގެ ނޫޓަކީ ގިނަ އަދަދަކަށް އެ އޮތޯރިޓީން އާންމުންނާއި ވިޔަފާރިތަކަށް ދޫކުރާ ނޫޓެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއޭއިން ބުނީ ފަސް ރުފިޔާގެ ސްޓޮކް އެމްއެމްއޭގައި މަދުވެފައިވަނީ ބާޒާރުކުރުމުގައި އާންމުގޮތެއްގައި ބޭނުންކުރާ ނޫޓަކަށް އެ ނޫޓު ވާއިރު، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ފަސް ރުފިޔާގެ ނޫޓު ޖަމާކުރާ މިންވަރު މަދުވާތީ ކަމަށެވެ.

 

View post on Twitter

 

އަލަށް ގެނައި ފަސް ރުފިޔާގެ ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025، 6 ޞަފަރު 1447 އެވެ. އަދި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރުއެވެ. މި ސްޓޮކަކީ އެ އޮތޯރިޓީން ރަން ދިހަފަހެއް ނޫޓު ސީރީސްގެ 5 ރުފިޔާ 2017ގައި ނެރުނު ފަހުން އޭގެ އައު ސްޓޮކެއް ގެނައި ފުރަތަމަ ފަހަރެވެ.

މާދަމާ ދައުރުކުރުމަށް ނެރޭ ފަސް ރުފިޔާގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު މި ނޫޓާއެކު މިހާރު ދައުރުވަމުންދާ 5 ރުފިޔާގެ ނޫޓުވެސް ބޭނުންކުރާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް