އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 53 އިން 126 މެގަވޮޓަށް އިތުރުކުރެވިއްޖެ: އެންވަޔަރްމެންޓް މިނިސްޓަރު

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވިއިރު، ރާއްޖޭގައި އުފެއްދެނީ 53 މެގަވޮޓްގެ ކަރަންޓު ކަމަށާއި، ނަމަވެސް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއުތަކާއެކު އެ އަދަދު މިހާރު 126 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލްކަން (އިންސްޓޯލްޑް ކެޕޭސިޓީ) އެ މިންވަރަށް އިތުރުކުރެވުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުނު މުހިންމު މަޝްރޫއުތަކުގެ ސަބަބުންނެވެ. މިއީ 2023 ވަނަ އަހަރާ ހަމައަށް އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދި މިންވަރާ އަޅާބަލާއިރު ދެގުނައަށްވުރެ ވެސް ބޮޑު އިތުރުވުމެކެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރ. އަތޮޅާއި ބ. އަތޮޅުގެ ޖުމްލަ 23 ރަށެއްގައި ބެހެއްޓި 6.5 މެގަވޮޓްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓްގެ ބެޓެރީ ސިސްޓަމް މިދިޔަ ޖުލައި މަހު ވަނީ ބޭނުންކުރަން ފަށާފައެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުގައި ދުވާލަކު 5 އާއި 6 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ޖަނަރޭޓަރުތައް ނިއްވާލައި، މުޅިން އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދެމުންދެއެވެ.
އެގޮތަށް ޖަނަރޭޓަރުތައް ނިއްވާލެވޭ ރަށްތަކުގެ ތެރޭގައި ރ. ރަސްމާދޫ، ރ. ވާދޫ، ރ. ކިނޮޅަސް އަދި ބ. ކުޑަރިކިލު ހިމެނެއެވެ. މިނިސްޓަރު ވިދާޅުވީ އިންޖީނުތައް ނިއްވާލެވުމުން އަޑާއި ދުމުގެ އުނދަގުލުން ސަލާމަތްވެ، އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް އެދެވޭ އަދި އުފާވެރި ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު މި މިންވަރަށް އިތުރުކުރުމާ ގުޅިގެން، ރާއްޖޭގައި ކަރަންޓު އުފެއްދުމަށް އަހަރަކު އަންދާ ޑީސަލްގެ ތެރެއިން 3.1 މިލިއަން ލީޓަރު ސަލާމަތްކުރެވޭނެއެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރުން އަހަރަކު 8,400 ޓަނު މަދުކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ޝަރީފް ވިދާޅުވިއެވެ.
އިތުރަށް




.gif.gif&w=828&q=100)