logologologologo
STO
ޚަބަރު

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފޮނަދޫގައި ޚާއްސަ ހަރަކާތްތަކެއް ބާއްވައިފި

ފޮޓޯ: މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވާރަމެންޓް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 ޖޫން 29

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ލާމު އަތޮޅުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ގަސް އިންދުމުގެ ހަރަކާތަކާއި، ވޯކްޝޮޕެއް ބާއްވައިފިއެވެ.

އަދު ހެނދުނު ލ. ފޮނަދޫ ދިދަ މައިޒާނުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ވަޒީރު ޠާރިޤު އިބްރާހީމް ވަނީ، ރާއްޖޭގައި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ހައިވަކަރު ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ފޮނަދޫގައި ހައިވަކަރު ގަހެއް އިންދާފައެވެ.

މީގެއިތުރުން، ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްތަކާ ގުޅެގޮތުންނާއި ދިރޭތަކެތީގެ ނަސްލުތަކާއި ގުޅުހުންހުރި ޤައުމީ އެކްޝަން ޕްލޭން އެކުލަވާލުމާ ގުޅޭގޮތުން ބާއްވާ މައްތިނި ވޯކްޝޮޕް ފައްޓަވައިދެއްވާ ވަޒީރު ވަނީ ވޯކްޝޮޕްގެ ބައިވެރިންނާއި މުޙާތަބުކޮށް ވާހަކަދައްކަވާފައެވެ.

މީގެއިތުރުން، ލ.ގަމުގައި ތަރައްޤީކުރަމުންދާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ބައްލަވާލެއްވުމަށް ވަޒީރު ވަނީ އެ ސަރަޙައްދަށްވެސް ޒިޔާރަތްކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް