logologologologo
STO
ޚަބަރު

ބަނދަރާ ގުޅުވާ ޔާމީން ހެއްދެވީ ދޮގެއް: ސައީދު

ބަނދަރާ ގުޅުވާ ޔާމީން ހެއްދެވީ ދޮގެއް: ސައީދު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 31

މާލޭ ވިޔަފާރިބަނދަރު ތިލަފުއްޓަށް ބަަދަލުކުރަނީ އިންޑިއާ ބަޔަކަށް ދޭން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ވާހަކަ ދޮގުކުރައްވައި ރައްދުދެއްވައިފި އެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ އިންޑިއާގެ ކުންފުންޏަކަށް ކަނޑުބަނދަރު ދީފައިވާ ކަމަށާއި އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މާލޭ ވިޔަފާރިބަނދަރުގައި ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް އެނގޭނީ އެ ތަފްސީލު ލިބުނީ ކަމަށް ވިދާޅުވި އެވެ. 

ޔާމީނުގެ އެ ތުހުމަތުތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ތިލަފުށީގައި ގާއިމްކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރަައްޔިތުންގެ 100 ޕަސެންޓް މިލްކެއް ކަމަށެވެ

"ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ރައީސް ޑރ. މުޢިއްޒު ބިނާކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، މި ގައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި. އެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން،" ސައީދު ވިދާޅުވި އެވެ. 

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދައުރުގައި ފަށައި، ފުރިހަމަކޮށް ނިންމާނެ އެންމެ ބިޔަ މަޝްރޫއަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި ދިވެހީންނަށް އެންމެ މަންފާހުރި މަޝްރޫއަށް ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ވާނެ. މި ބޮޑު ހަގީގަތް ދެކެން ނުކުޅެދި، ރޯ ބުހުތާނު ދޮގު ތިލަފުށީ ބަނދަރާ މެދު ނުފެތުރުމަށް އިލްތިމާސްކުރަން،" ސައީދު ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ވަނީ މިއަހަރު ކުރީކޮޅު ބޮޑު މަޝްރޫއެއް ފަށައި އޭގެ ބައެއް މަސައްކަތްތައް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް