ބޭރު ފައިސާ އެއްގޮތަކަށް ވެސް މާރު ނުކުރާ 2 ރިސޯޓްގެ ނަން އާންމުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތައް އެއްވެސްގޮތަކަށް ބޭރުފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަން ހާމަކުރަން ނިންމައި އިއުލާންކޮށްފިއެވެ.
ޤާނޫނު ނަންބަރު 32/2024 ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ކެޓަގަރީ އޭ އިން އެއްވެސް ގޮތަކަށް މިހާތަނަށް ޑޮލަރު މާރުކޮށްފައިނުވާތީ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުގެތެރޭގައި ހިމެނޭ 2 ރިސޯޓަކީ ރަހާ ރިސޯޓް އަދި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ކަމުގައި އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުން ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މާރުކުރަންޖެހޭ މިންވަރަށް ޑޮލަރު މާރުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެ އިދާރާއިން ވަނީ މި ޤާނޫނުގެދަށުން އެމްއެމްއޭގައި މިހާތަނަށް ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވީއެންމެ އަވަހަށް އެކަން ކުރުމަށް ވެސް އެދިފައެވެ.
"ވަކިން ޚާއްސަކޮށް ކެޓަގަރީ ބީއިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް މަދު ކަން ފާހަގަކުރެވޭތީ އެ ފަރާތްތަކުން ވީއެންމެ އަވަސް މުއްދަތެއްގައި މި އޮތޯރިޓީގައި ރަޖިސްޓްރީވ މަށް އިލްތިމާސްކ ރަމެވެ." އެމްއެމްއޭގެ ނޫސްބަޔާނުގައި ބުންޏެވެ.
އެމްއެމްއޭއިން ބުނީ މިއީ މި ޤާނޫނުގެދަށުން މިހާތަނަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކަށް ދެވޭ ފަހު ފުރުޞަތު ކަމަށެވެ.
ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނަށް ގިނަ ރިސޯޓްތަކުން ޢަމަލުކުރަމުންދާ ކަން ފާހަގަކުރަމުން އެ އިދާރާއިން ވަނީ އެކިއެކި ސަބަބުތަކާހުރެ މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު މުރާޖަޢާ ކުރުމަށް އެދިފައިވާ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެދިފައެވެ.
ރަހާ ރިސޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ)ގެ ހެވީލޯޑް ކުންފުންޏަށް ނިސްބަތްވާ ރިސޯޓެއްކަން ފާހަގަ ކުރެވެއެވެ. މި ރިސޯޓު ހިންގަނީ ލ. އަތޮޅުގައެވެ.
އިތުރަށް





.gif.gif&w=828&q=100)