އުތީމަށް ކުރެއްވި ދަތުރަށްފަހު ޗައިނާ ސަފީރު ދޫކޮށްލެއްވީ އިބުރަތްތެރި މެސެޖެއް

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެލެއްވުމަށް އުތީމަށް ކުރެއްވި ދަތުރަށްފަހު ޗައިނާ ސަފީރު ކޮންގް ޝިއަންހުއާ އަގުހުރި މެސެޖެއް ދެއްވައިފިއެވެ.
އުތީމުގައި މި ސަރުކާރުން ބިނާކޮށް މިއަދު ހުޅުވި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށީގެ ފޮޓޯއެއް ހިއްސާ ކުރައްވަމުން ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމެއް އެއްބައިވަންތަކޮށް ބަދަހިކޮށްދެނީ ތާރީޚާ މެދު އޮންނަ އިޝްތިރާކީ ފަހުމެކެވެ.
ސަފީރުގެ މި އިބާރާތުގައި "ތާރީޚާމެދު އޮންނަ އިޝްތިރާކީ ފަހުމް" މިއިން ދޭހަ ކޮށްދެނީ މުޖުތަމަޢު ނުވަތަ ރައްޔިތުން އެއްބަސްވާ، އެންމެންގެ މެދުގައި އޮންނަ އެއް ގޮތް ވިސްނުމެވެ. މާޒީގައި ހިނގާފައިވާ މުހިއްމު ކަންކަމާމެދު އެންމެންވެސް ދެކޭގޮތް އެއްގޮތްވުމެވެ.
ހަމައެހެންމެ، ޤައުމެއްގެ ޤައުމީ އަބުޠާލުންނާއި މިނިވަންކަމުގެ ޖިހާދުތަކާއި ދިމާވި ބޮޑެތި ގޮންޖެހުންތަކަކީ މުޅި ޤައުމު އެކުގައި ހަނދާން އައު ކުރާ ކަންކަމެވެ. މާޒީގެ މިފަދަ ކަންކަމާމެދު އެންމެންގެ މެދުގައި އޮންނަ އިޙުތިރާމާއި ގަބޫލުކުރުން ވެސް މިއިން ދޭހަކޮށްދެއެވެ.
މީގެއިތުރުން، ޤައުމެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި ބަދަހިކަން އުފެދެނީ އެ އެންމެންނަކީ އެއް ތާރީޚެއް އެއް ނަޞްލެއް، އަދި އެއް ސަޤާފަތެއް ހިއްސާކުރާ ބައެއްކަން އިޙްސާސް ކުރެވުމުން ކަން މި އިބާރާތުން ދޭހަކޮށްދެއެވެ.
ސަފީރު އިތުރަށް ވިދާޅުވީ، މާކަސް ގާވީ ވިދާޅުވެފައިވާ ފަދައިން، "އެބައެއްގެ މާޒީގެ ތާރީޚާއި، އަސްލާއި، ސަޤާފަތުގެ މަޢުލޫމާތު ނެތް ބަޔަކީ މޫތައް ނެތް ގަހެއް ފަދަ ބަޔެކެވެ."
ސަފީރު މިތާނގައި ފާހަގަ ކުރެއްވި މާކަސް ގާވީއަކީ 20 ވަނަ ޤަރުނުގެ ކުރީކޮޅުގައި އުޅުއްވި ޖެމެއިކާއަށް ނިސްބަތްވާ މަޝްހޫރު ސިޔާސީ ލީޑަރެކެވެ. އޭނާ މަސައްކަތް ކުރެއްވީ އެފްރިކާގެ ކަޅު ނަސްލުގެ މީހުންގެ ޙައްޤުތައް ހޯދައިދިނުމަށެވެ.
ސަފީރުގެ މެސެޖުގައި އިތުރަށް ވިދާޅުވީ ތާރީޚީ ތަޢުލީމުގެ ސަބަބުން އިޖުތިމާޢީ ހަނދާންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ޤައުމިއްޔަތު ބައްޓަންކޮށް، ޖީލުތަކުގެ މެދުގައި ބަދަހި އެއްބަސްވުމެއް އުފައްދައިދޭ ކަމަށެވެ.
ޤައުމިއްޔަތުގެ އަގުހުރި މެސެޖަށްފަހު ސަފީރުގެ މެސެޖް ނިންމަވާލައްވަމުން ވިދާޅުވީ އުތީމަށް ކުރެވުނު މި ޒިޔާރަތަކީ ޙަޤީޤަތުގައިވެސް ވަރަށް އުފާވެރި، ނަތީޖާ ރަނގަޅު ޒިޔާރަތެއް ކަމަށެވެ.
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބާގައި އުތީމުގައި ވަނީ ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ތެރެއިން، ތަރައްޤީކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އަދި ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދު ކިޔައިދޭ "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފައެވެ.
އިތުރަށް





.gif.gif&w=828&q=100)