logologologologo
STO
ޚަބަރު

ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު ބަލައިފި

ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު ބަލައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 08

ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު ބަލައިފި ކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.

މި އޮޕަރޭޝަންގެ އަދާހަމަ މިރޭ ހިއްސާ ކުރަމުން އެ އިދާރާއިން ބުނީ ފްރެންޑް 4 ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ކަނޑުމަގުން ވެސް 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން، ގެއްލުނު މީހުން ފެނިފައި ނުވާ ކަމަށް ވެސް އެ އިދާރާއިން މިރޭ ވަނީ ބުނެފައެވެ.

ގެއްލިގެން ހޯދަމުންދާ 3 މީހުން ހޯދުމަށް ޓަކައި ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ހިލަޔާއި ހިލަވެލި ބަރުކޮށްގެން، ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި، ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ދިޔަ ކަމަށް އެމްއެންޑީއެފުން ބުނީ މި މަހުގެ 6 ވަނަ ދުވަހުގެ ފަތިހުއެވެ.

އެ އިދާރާއިން ބުނީ މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާރޑް ފޯތު ސްކޮޑްރަން އަށް ލިބިފައިވަނީ، 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގެ 22:37 ހާއިރު ކަމަށެވެ.  

އެ އިދާރާއިން ބުނީ މި އުޅަނދަށް ރާޅު އަރައި ދިޔަވަމުންދާކަމުގެ މަޢުލޫމާތު ލިބުމާއެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ކުރަމުން ދަނިކޮށް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، އުޅަނދު ވަނީ މުޅިން އަޑިއަށް ގޮސްފައެވެ. 

މި އުޅަނދުގައި ތިބި ޖުމްލަ 8 މީހުންގެ ގެތެރެއިން 7 މީހަކު ސަލާމަތްކުރިއެވެ. މި އެންމެންނަކީ ވެސް ބިދޭސީންނެވެ.

ގެއްލިފައި ވަނީ ސިފައިންގެ ބޭކަލަކާއި ފުލުހަކާއި އެ ދޯނީގެ ކައްޕި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެއީ ކައްޕި މުޙައްމަދު ހަމްދޫން (35 އ)، ސިފައިންގެ ބޭކަލެއް ކަމުގައިވާ ސްޓާފް ސާޖަންޓް އިބްރާހީމް އަޙުމަދު (39 އ)، ފުލުހުންގެ ބޭކަލެއް ކަމުގައިވާ ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު (33 އ) އެވެ. މި މީހުން ގެއްލުނީ، މީހުން ސަލާމަތް ކުރުމަށްފަހު ދޯނި ސަލާމަތް ކުރަން އުޅެނިކޮށްކަން ފާހަގަ ކުރެވެއެވެ.

މި ދޯނި ބަންޑުންޖަހާލީ ލޭންޑިން ކްރާފްޓެއްގައި ކަފުޖަހާފައި ހުއްޓައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް