އިޤްތިޞާދު ތެރޭގައި ދައުރުވާ ފައިސާ މަދުކުރުމަށް މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށްފި

އިޤްތިޞާދު ތެރޭގައި ދައުރުވާ ފައިސާ މަދުކުރުމަށް އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށްފިއެވެ.
އެމްއެމްއޭއިން ވަނީ ރާއްޖޭގެ އިޤްތިޞާދު ތެރޭގައި ހުރި ދިވެހި ރުފިޔާގެ ސަރޕްލަސް ލިކުއިޑިޓީމަދުކުރުމަށް މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށް ފިޔަވަޅުތަކެއް އަޅައިފައެވެ.
މި ގޮތުން އެމްއެމްއޭގެ ބޯޑުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރުފިޔާގެ މިނިމަމް ރިޒަރވް ރިކުއަރމެންޓް މަތިކުރުމާއި އޮޕަން މާކެޓް އޮޕަރޭޝަންސް ހިންގައިގެން ދައުރުވާ ފައިސާ މަދުކުރުން ހިމެނޭ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ އިދާރާއިން ވަނީ އެމްއާރުއާރު އެމްއެމްއޭގައި ބަހައްޓަންޖެހޭ މިންވަރު 10.5% އިން 11.0%އަށް ސެޕްޓެމްބަރުން ފެށިގެން މަތިކުރުމަށް ނިންމާފައެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ވަނީ 2027 ވަނަ އަހަރުގެ ތެރޭގައި ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން ރިވިއުކުރުމަށްފަހު، ދިވެހި ރުފިޔާގެ އެމްއާރުއާރު މަތިކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން މަޑުމަޑުން މަތިކުރަމުންގޮސް 2027 ވަނަ އަހަރު ޑިސެމްބަރަށް އެމްއާރުއާރު %13 އަށް މަތިކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެމްއެމްއޭގެ އޮޕަން މާކެޓް އޮޕަރޭޝަންސް (އޯމޯ) 10 ބޭސިސް ޕޮއިންޓަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
އެމްއެމްއޭއިން ބުނީ 2025 ވަނަ އަހަރުގެ ޖުލައި މަހު އެމްއެމްއޭ އިން އޯއެމްއޯ އަލުން ހިންގަން ފެށިފަހުން، ބޭންކިންގ ނިޒާމުގައި ހުރި ދިވެހި ރުފިޔާ އެކްސެސް ލިކުއިޑީގެ ތެރެއިން އޯއެމްއޯ މެދުވެރިކޮށް 2026 ޖުލައި މަހުގެ ނިޔަލަށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ނެގިފައިވާ ކަމަށެވެ. އަދި ޝޯޓް ޓާމް ލިކުއިޑިޓީ ވަނީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ކުޑަވެފައި ކަމަށް އެ އިދާރާއިން ބުންޏެވެ.
އިތުރަށް

.png&w=3840&q=100)



.gif.gif&w=828&q=100)