logologologologo
STO
ޚަބަރު

ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ތޯރިގު

ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ތޯރިގު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 28

އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އިރީނާ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގު އިބްރާހީމް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅައިފިއެވެ.

ތޯރިގު އެ އޭޖެންސީއަށް ހަމަޖެއްސެވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވެވުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ތޯރިގު އިބްރާހީމްގެ ތަޖުރިބާ

ޠާރިޤް އިބްރާހިމްއަކީ ތިމާވެއްޓާއި ހަކަތައާ ބެހޭ ދާއިރާއިން ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

  • މަޤާމުތައް: މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމު އޭނާ ވަނީ އަދާކުރައްވާފައެވެ. އަދި މިހާރު ހުންނެވީ ދިވެހިރާއްޖޭން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.
  • ކުރީގެ މަންދޫބު: މީގެ ކުރިން ރާއްޖޭން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމު ފުރައްވާފައިވަނީ ކުރިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ.

އިޔާދަކުރަނިވި ހަކަތަޔާއި ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިރީނާ) އުފައްދާފައިވަނީ 2009 ވަނަ އަހަރުއެވެ. އެޖަމްޢިއްޔާ އުފެދުނީއްސުރެ ދިވެހިރާއްޖެއަކީ އެ ޖަމްޢިއްޔާގެ މެންބަރު ޤައުމެކެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިތުރުން މުޅި ޖުމްލަ 169 ޤައުމެއް އައިރީނާގެ މެންބަރުންގެ ގޮތުގައި ހިމެނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް