logologologologo
STO
ޚަބަރު

މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ނިމޭނެ: ރައީސް

މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ނިމޭނެ: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 25

މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް، މިއަހަރުގެ ނޮވެމްބަރުގެ ކުރިން ތަރައްޤީކޮށް ނިމޭނެ ކަމަށެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ކުރިއަށް އޮތް ފޭސް އާއި ފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކާއި، ރިންގް ރޯޑުގެ ބާކީ އޮތް ބައި އެމް.ޕީ.އެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

View post on Twitter

 

ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަލަށް ހެދި ބައިގައި ހިމެނޭ ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށްތަރައްޤީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލާފައި ވަނީ އިއްޔެ ހަވީރުއެވެ. މި ސަރަހައްދުގައި މިހާރު ވަނީ ދިވެހި ރުއް އިންދައިފައެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމާއި، ފެންހިންދާ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

ބޮޑުތަކުރުފާނު މަގަކީ މާލޭގެ ވިޔަފާރީގެ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. މި މަޝްރޫއުގެ ދަށުން ބޭންކް އޮފް ސިލޯން ކައިރީގައި 588 ސައިކަލް ޕާކު ކުރެވޭނެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލައިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް