logologologologo
STO
ޚަބަރު

ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އެޅި ސަރަހައްދުގެ ފާލަމާވީ ފަޅީގައި އިންދަނީ ދިވެހި ރުށް

ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އެޅި ސަރަހައްދުގެ ފާލަމާވީ ފަޅީގައި އިންދަނީ ދިވެހި ރުށް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 23

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަލަށް ހެދި ބައިގައި ދިވެހި ރުއް އިންދަން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅި ސަރަހައްދުގައި ދިވެހި ރުށް އިންދަން ފަށައިފައި ވަނީ މިއަދު އެވެ.

މި ސަރަހައްދުގައި ދިވެހި ރުއް އިންދަނީ މާލެ ފެހިކޮށް، އާންމުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ސަރަހައްދު ބަދަލުކުރުމަށެވެ. ރުކުގެ އިތުރުން ހިޔާ ދޭ ގިނަ އަދަދެއްގެ ގަސްތަކެއް ވެސް ވަނީ އެ ސަރަހައްދުގައި އިންދައިފައެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމާއި، ފެންހިންދާ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

ބޮޑުތަކުރުފާނު މަގަކީ މާލޭގެ ވިޔަފާރީގެ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. މި މަޝްރޫއުގެ ދަށުން ބޭންކް އޮފް ސިލޯން ކައިރީގައި 588 ސައިކަލް ޕާކު ކުރެވޭނެ ޕާކިން ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ވަނީ މިހާރު ނިންމާލާފަ އެވެ.

މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހު އާންމުންނަށް ބޭނުން ކުރުމަށް ހުޅުވާލާނެ ކަމަށް މައުލޫމާތު ލިބެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް