މިފްކޯގެ ބޯޑަށް މެމްބަރަކު ޢައްޔަންކޮށްފި

މިފްކޯގެ ބޯޑަށް މެމްބަރަކު ޢައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން، ޕީސީބީން ބުނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ސ.ފޭދޫ، އާބާދީގެ، ފާޠިމަތު ޣާޒިޔާ ފަތުޙީ އައްޔަނުކޮށްފައިވާ ކަމަށެވެ.
މާލީ ވުޒާރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ޑެޓް މެނޭޖްމަންޓުގެ މަޤާމާއި، ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަޤާމުގައި ހުންނެވި ޣާޒިޔާއަކީ ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި، ފިސްކަލް ރިސްކް އެނަލިސިސް އަދި ސަރުކާރުގެ ފައިނޭންސިންގ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ.
ޣާޒިޔާ ވަނީ، ޑެޓް ސްޓްރެޓެޖީ އެންޑް ރިސްކް މެނޭޖްމަންޓު ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އޮޑިޓިންގ ދާއިރާގެ އެކި މަޤާމުތައް ފުރުއްވާފައިވާއިރު، އެކައުންޓިންގ، ފައިނޭންސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ލެކްޗަރައެއްގެ ގޮތުގައިވެސް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.
ޣާޒިޔާ ވަނީ، ޗައިނާގެ ބެއިޖިންގގައި ހުންނަ ޔުނިވަރސިޓީ އޮފް އިންޓަރނޭޝަނަލް ބިޒްނަސް އެންޑް އިކޮނޮމިކްސްއިން މާސްޓަރ އޮފް އިކޮނޮމިކްސް ހާސިލުކުރައްވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)