logologologologo
STO
ވިޔަފާރި

ރާއްޖެއަށް އަންނަ 65 ޕަސެންޓް ޓޫރިސްޓުންނަކީ "ކަޕުލްސް"

ރާއްޖެއަށް އަންނަ 65 ޕަސެންޓް ޓޫރިސްޓުންނަކީ "ކަޕުލްސް"
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 20

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 65 ޕަސެންޓަކީ ބައިވެރިޔާއާ އެކު އަންނަ މީހުން ކަމަށް "މޯލްޑިވްސް ވިޒިޓާ ސާވޭ" އިން ދައްކައިފި އެވެ.

އެ ސާވޭއިން ދައްކާ ގޮތުން ސާވޭގައި ބައިވެރިވި އިނގިރޭސިވިލާތުގެ 77 ޕަސެންޓް ޓޫރިސްޓުން ރާއްޖެ އައީ ބައިވެރިޔާއާ އެކު އެވެ. އެމެރިކާއިން އައި ޓޫރިސްޓުންގެ 75 ޕަސެންޓް ބައިވެރިޔާއާ އެކު އައި އިރު ޖަރުމަނުން އައި 74 ޕަސެންޓް ޓޫރިސްޓުން ވެސް ރާއްޖެއަށް އައީ ބައިވެރިޔާއާ އެކު އެވެ. 

ސްވިޓްޒްލެންޑާއި އިންޑިއާގެ ވެސް 71 ޕަސެންޓް ޓޫރިސްޓުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައީ ބައިވެރިޔާއާ އެކު އެވެ. 

ސާވޭގައި ބައިވެރިވި ޓޫރިސްޓުންގެ ތެރެއިން ޗައިނާ، ރަޝިއާ، އިޓަލީ، ފްރާންސް އަދި ސްޕެއިނުން އައި ޓޫރިސްޓުންގެ 50 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ރާއްޖެއަށް އައީ ބައިވެރިވާ އާ އެކު އެވެ. 

ރާއްޖެއަށް ބައިވެރިޔާ ގޮވައިގެން އަންނަ ޓޫރިސްޓުންގެ ތެރެއިން 68 ޕަސެންޓަކީ އަލަށް ރާއްޖެއަށް އައި ޓޫރިސްޓުންނެވެ. އަދި 57 ޕަސެންޓް ޓޫރިސްޓުން އައީ 2-5 ވަނަ ފަހަރާ ދެމެދު އަދަދަކަށެވެ. އެފަދަ ޓޫރިސްޓުންގެ ތެރެއިން 59 ޕަސެންޓް 6-10  ފަހަރާ ދެމެދުގެ އަދަދަކަށް ރާއްޖެއަށް ޒިޔާރަތްކުރި އިރު 48 ޕަސެންޓް ޓޫރިސްޓުން ވަނީ 10 ފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. 

އެ ސާވޭއިން ދެއްކި ގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ  12 ޕަސެންޓް އަންނަނީ އާއިލާއާ އެކު އެވެ. ގިނަ އާއިލާތައް އަންނަނީ ދަރިންނާ އެކު އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 13 ޕަސެންޓް ޓޫރިސްޓުން އަންނަނީ ރައްޓެހިންނާ އެކު އެވެ. އަދި އަށް ޕަސެންޓް އަންނަނީ އެކަނި، ސޯލޯ ދަތުރުތަކުގަ އެވެ.

ދަތުރުވަރެއްގައި ޗުއްޓީ ހޭދަކޮށްލާ ބޭރު މީހުންގެ ފުރަތަމަ އިހްތިޔާރަކީ އަދިވެސް ރާއްޖެ ކަަމަށާ، ރާއްޖެ އަންނަ ޓޫރިސްޓުންގެ 70 ޕަސެންޓް މީހުންނަކީ އަލަށް އަންނަ މީހުން ކަމަށް ވެސް މި ސާވޭއިން ވަނީ ދައްކާފަ އެވެ.

ސާވޭ އިން ދައްކާ ގޮތުން ރާއްޖެ އައި ޓޫރިސްޓުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ (ގާތްގަނޑަކަށް %80) ޓޫރިސްޓުން ރާއްޖެ އިހްތިޔާރުކުރީ އެ މީހުންގެ އެންމެ ފުރަތަމަ ޗޮއިސްގެ ގޮތުގަ އެވެ. މިއީ 2022 ގެ ފަހުން މި ސާވޭ ހެދި ފުރަތަމަ ފަހަރެވެ. 

 މި ސާވޭ ކުރިއަށް ގެންދަނީ ޓޫރިޒަމް މިނިސްޓްރީންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް