logologologologo
STO
ވިޔަފާރި

އެންމެ ގިނައިން ޑޮލަރު ވިއްކަނީ ރުފިޔާ ކާޑަށް، ފަސް އަހަރު ތެރޭ 870 މިލިއަން ޑޮލަރު އެ މުއާމަލާތްތަކުގައި ވިއްކި

އެންމެ ގިނައިން ޑޮލަރު ވިއްކަނީ ރުފިޔާ ކާޑަށް،  ފަސް އަހަރު ތެރޭ 870 މިލިއަން ޑޮލަރު އެ މުއާމަލާތްތަކުގައި ވިއްކި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 12

މިދިޔަ ދެ އަހަރާއި ބައިގެ ތެރޭ ބީއެމްއެލް އިން ރެކޯޑް އަދަދަކަށް ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައި ވާއިރު އެންމެ ބޮޑު އަދަދެއް ވިއްކީ ރުފިޔާ ކާޑުތަކުން ކޮށްފައިވާ މުއާމަލާތްތަކަށް ކަމަށާއި ފަސް އަހަރު ތެރޭ 870 މިލިއަން ޑޮލަރު އެ މުއާމަލާތްތަކުގައި ވިއްކި ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އެންމެ ގިނައިން ޑޮލަރު ވިއްކަނީ ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ކަމަށް ވާއިރު ރުފިޔާ ކާޑުތަކުގެ 65 ޕަސެންޓަކީ އޮންލައިން ވިޔަފާރިތައް ހިމެނޭ އީކޮމާސް މުއާމަލާތްތަކެވެ.

އެވްރެޖްކޮށް ކޮންމެ މަހަކު 39.3 މިލިއަން ޑޮލަރު ރުފިޔާ އެކައުންޓްތަކުން ހިންގާ މުއާމަލާތްތަކަށް ވިއްކާ އިރު އޭގެ ތެރެއިން 25.5 މިލިއަން ޑޮލަރުގެ މުއާމަލާތްތައް ހިންގަނީ އީކޮމާސް ވެބްސައިޓްތަކަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ދެވަނައަށް އެންމެ ބޮޑު އަދަދެއް ވިއްކަނީ ޓީޓީގެ މުއާމަލާތްތަކަށެވެ. މި މުއްދަތުގައި ބޭންކުން ވަނީ ޓީޓީ އަށް 422 މިލިއަން ޑޮލަރު ވިއްކާފަ އެވެ. އެއީ 43 ޕަސެންޓްގެ އިތުރުވުމެކެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކުން ވަނީ 264 މިލިއަން ޑޮލަރު މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި ވިއްކައިފަ އެވެ. އެއީ ގާތްގަނޑަކަށް 70 ޕަސެންޓްގެ އިތުރުވުމެކެވެ.

ބޭންކުން ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް،  1.7 ބިލިއަން ޑޮލަރު ވިއްކައިފަ އެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތަށް ވުރެ 77 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ ކުރީ ދެ އަހަރާއި ބައިގެ މުއްދަތުގައި ބީއެމްއެލް އިން ކަސްޓަމަރުން ވިއްކީ 741 މިލިއަން ޑޮލަރެވެ.

މިިދިޔަ ފަސް އަހަރު ބޭންކުން ވަނީ ބޭންކުގެ އެކި ހިދުމަތްތައް ހޯދާ ފަރާތްތަކަށް 2.7 ބިލިއަން ޑޮލަރު ވިއްކައިފަ އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް