logologologologo
STO
ޚަބަރު

ނިޔާވެފައި އޮތް މީހަކު މަނަދޫ ގެއެއްގެ ތެރެއިން ފެނިއްޖެ

ނިޔާވެފައި އޮތް މީހަކު މަނަދޫ ގެއެއްގެ ތެރެއިން ފެނިއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 29

ނިޔާވެފައި އޮތް މީހަކު ނ. މަނަދޫ ގެއެއްގެ ތެރެއިން ފެނިއްޖެއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ނިޔާވެފައި އޮއްވައި ފެނިފައިވަނީ މަނަދުއަށް އުފަން ފިރިހެނެކެވެ.

މަނަދޫން ވާހަކަ ދެއްކި މީހަކު ބުނީ، އެމީހާގެ ހަށިގަނޑުގައި އެއްވެސް ކަހަލަ ޒަހަމެއް ފެންނަން ނެތެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށައިފައެވެ.

އެމީހާ މަރުވެފައި އިނީ ގޮނޑިއެއްގައި ކަމަށާ އެމީހާގެ އަތުން ތެޔޮ ހަން ގޮސްފައި ހުރިކަމަށް މަނަދޫން ވާހަކަ ދެއްކި މީހާ ވަނީ ބުނެފައެވެ. އަދި ނިޔާވި މީހާއަކީ އުމުރުން އެހާ ދުވަސްވީ މީހެއް ނޫންކަމަށާ އާންމުކޮށް އެކަނި އުޅުނަސް އެހީތެރިއަކަށް ވެސް މީހަކު ހުންނަ ކަމަށް އެމީހާ ބުންޏެވެ.

ނިޔާވި މީހާގެ ހަށިގަނޑު ތަޙުޤީޤަށް މިއަދު ހަވީރު މާލެ ގެނެސްފައިވާއިރު، އެ މީހާ ފެނުނު ގެއަށް ނުވަދެވޭ ގޮތަށް ފުލުހުން ވަނީ ބަންދުކޮށްފައެވެ.

މިމަރާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. އަދި އެމީހާގެ ވަނަވަރެއް ވެސް އަދި އެނގިފައެއްނެތެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް