ބޮޑު ބަދަލު އޮފިސް ޤާއިމުވީފަހުން އަދި ހެޔޮ ބަދަލެއް ނުފެނޭ: ފަލާޙް

ބޮޑު ބަދަލު އޮފިސް ޤާއިމުވީފަހުން އަދި ހެޔޮ ބަދަލެއް ނުފެންނަ ކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
"ބޮޑު ބަދަލު" އަކީ އެމްޑީޕީ މިމަހު ބޭއްވި އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ކުރީގެ ރައީސް ނަޝީދު ބޭނުންކުރެއްވި ޝިޢާރެވެ. އަދި މި އިންތިޚާބު ކާމިޔާބު ކުރައްވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމް މިހާރު ފުރުއްވަމުން ގެންދަވަނީ ރައީސް ނަޝީދުއެވެ.
ފަލާޙް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގައި މިއަދު އިހުތިޖާޖުކުރީ ވެރިކަންކުރާ ޕީއެންސީން ދިން ކޮމިޓީއެއްގައި ދިން މިންވަރަކަށް ތިބެންޖެހޭނެ ކަމަށް ފަލާޙް ވިދާޅުވުމާ ގުޅިގެން ކަމަށް، އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނުމާއި ގުޅިގެންނެވެ.
މި ވާހަކަތަކަށް ރައްދުދެއްވާ ފަލާޙް ވިދާޅުވީ މިހާރުވެސް މަޖިލީހުގައި ޕާޓީތަކަށް ލިބިފައިވާ ގޮނޑީގެ އަދަދަށް ބަލާއިރު މަޖިލީހުގެ ޤަވާޢިދުގައި ކޮމިޓީތަކުން އެމްޑީޕީއަށް ލިބޭ މިންވަރަށްވުރެ އޯގާތެރިކޮށް ހުރިހާކަމެއް ކޮށްދީފައިވާނެ ކަމަށެވެ.
ފަލާޙް އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ ކޮށްދޭ ހެޔޮކަން ނުފެންނަ ބައެއް ކަމަށެވެ.
ފަލާޙް ވަނީ ގަދަބާރުންކަންކަން ކުރަންނޫޅެ، ޤާނޫނާއި ޤަވާޢިދުގެ ތެރޭގައި އުޅެން އެމްޑީޕީ ދަސްކުރަންޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީއަށް ބަހުގެ ހަމަލާ ދެއްވައިފައެވެ.
މިއަދުގެ ޖަލްސާގައި އިހުތިޖާޖު ކުރުމާއި ގުޅިގެން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ނުވަ މެންބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައިވެއެވެ. އިހުތިޖާޖު ކުރީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުالله ޞާދިޤް ހުވާކުރެއްވިތާ ދެ ހަފުތާވީއިރު އެއްވެސް ކޮމިޓީއަކުން ޞާދިޤަށް އަދި ފުރުސަތުދީފައި ނުވާތީ ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)