logologologologo
STO
ދުނިޔެ

އިންޑިއާގެ "ކޮކްރޯޗް" ހަރަކާތުގެ ބައިވެރިން ދިއްލީގެ މަގުތަކުގައި ކޭންޕު ކޮއްފި

އިންޑިއާގެ "ކޮކްރޯޗް" ހަރަކާތުގެ ބައިވެރިން ދިއްލީގެ މަގުތަކުގައި ކޭންޕު ކޮއްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 22

އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތަކާއި އިމްތިހާނު ކަރުދާސް ލީކުވުމުގެ މައްސަލަތަކާ ދެކޮޅަށް، ޒުވާނުން އިސްވެ އުފައްދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ސަޕޯޓަރުން، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ވެރިރަށް ނިއުދެލީގެ މަގުތަކުގައި ކޭމްޕް ޖަހައިފިއެވެ. އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދޭންދެން، ފުލުހުންގެ އަމުރުތަކަށް ބޯނުލަނބައި އެތަނުގައި ތިބޭނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

މި ހަރަކާތް އުފެއްދި، އަދި އެމެރިކާގެ ބޮސްޓަން ޔުނިވަރސިޓީން ދާދިފަހުން ގްރެޖުއޭޓްވި އަބީޖީތު ދިޕްކޭ އެނބުރި އިންޑިއާއަށް އައީ މި ހަރަކާތް އޮންލައިން ދުނިޔެއިން މަގުމައްޗަށް ނެރުމަށެވެ. އިންޑިއާގެ 1.4 ބިލިއަން އާބާދީގެ ދެބައިކުޅައެއްބަޔަކީ އުމުރުން 25 އަހަރުން ދަށުގެ ޒުވާނުންނެވެ. އިންޑިއާގައި ތަކުރާރުކޮށް އިމްތިހާނުތަކުގެ ޕޭޕަރުތައް ލީކުވުމާއި، މާކްސް ދިނުމުގައި ހުންނަ ބޮޑެތި މައްސަލަތަކުގެ ސަބަބުން، ވަޒީފާ ހޯދުމާއި ކިޔެވުމުގެ ބޮޑު ސްޓްރެސްއެއްގައި ތިބި ޒުވާނުންގެ މެދުގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފައެވެ.

މި ހަރަކާތުގެ މައިގަނޑު ޑިމާންޑަކީ ފެޑެރަލް އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން އިސްތިއުފާ ދެއްވުމެވެ.

މި ހަރަކާތް ފެށުނީ މިދިޔަ މޭ މަހު އިންޑިއާގެ ޗީފް ޖަސްޓިސް، ޒުވާނުންނަކީ "ކޮކްރޯޗް" (ފަންޏެއް) ގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން އުފެދުނު ރުޅިވެރިކަމުގެ ތެރެއިންނެވެ. އެ ދުވަސްވަރު ދިޕްކޭ އެކްސްގައި ލިޔުނެވެ: "ހުރިހާ ކޮކްރޯޗްތަކެއް އެއްވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟"

މި ޕޯސްޓް ވަރަށް އަވަހަށް ވައިރަލްވެ، ރަސްމީ ވެބްސައިޓެއް ހަދައި، އެމީހުންގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 22 މިލިއަނަށް އެރިއެވެ. މިއީ އިންޑިއާގައި ފާއިތުވި 12 އަހަރު ވެރިކަން ކުރަމުންދާ ރޫލިންގ ޕާޓީގެ ފޮލޯވަރުންގެ އަދަދަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. ޖޫން 6 ގައި ދެލީގައި ބޭއްވި ފުރަތަމަ މުޒާހަރާއަށްފަހު، މުމްބާއީ، ބެންގަލޫރު އަދި ނާގްޕޫރު ފަދަ ސިޓީތަކަށް ވެސް މި ހަރަކާތް ވަނީ ފެތުރިފައެވެ.

މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ އުމުރުން 18 އަހަރުގެ ސަޗިން ކުމާރު ކިޔައިދިން ގޮތުގައި، އޭނާ އެއް އަހަރު ވަންދެން ބުރަކޮށް ކިޔަވައިގެން ހެދި މެޑިކަލް އެންޓްރެންސް އިމްތިހާނު، ޕޭޕަރު ލީކުވުމުގެ ސަބަބުން ސަރުކާރުން ކެންސަލް ކުރިއެވެ.

"އެކަމުގެ ސަބަބުން އަހަރެންގެ އުންމީދުތައް ފުނޑުފުނޑުވި. ދަރިވަރުން ޑިޕްރެޝަނަށް ދާއިރު ވެސް އަޅާލާނެ މީހަކު ނެތް،" ސަޗިން ބުނެފައިވެއެވެ.

އިމްތިހާނު ލީކުވުން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ ޓެލެގްރާމް އެޕްލިކޭޝަން ވެސް ވަގުތީގޮތުން ބަންދުކޮށްފައެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި އިމްތިހާނުގެ މައްސަލަތަކާ ހުރެ އިންޑިއާގެ އެކި ހިސާބުތަކުން 12 އަށްވުރެ ގިނަ ދަރިވަރުން އަމިއްލައަށް މަރުވެފައިވުމުން، މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާ އަޑުތައް ވަނީ ކުރިއަށްވުރެ ގަދަވެފައެވެ.

މުޒާހަރާގެ ބައިވެރިން ނެތްތަނަށް ފޮނުވާލުމަށްޓަކައި ފުލުހުން ވަނީ ކާބޯތަކެއްޗާއި ފެން ލިބޭނެ މަގުތައް ވެސް ބަންދުކޮށް، އެކި ގޮތްގޮތުން ޕްރެޝަރު ކޮށްފައެވެ. ނަމަވެސް، ދިޕްކޭ އާއި އޭނާގެ ސަޕޯޓަރުން ބުނަނީ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ނުދެއްވަނީސް މަގުތައް ދޫކޮށް ނުދާނެ ކަމަށެވެ. މޯދީގެ 12 އަހަރުވީ ވެރިކަމުގައި މިނިސްޓަރަކު އިސްތިއުފާ ދިނުމަކީ ނާދިރު ކަމެއް ނަމަވެސް، ޒުވާނުން ތިބީ ގުޑާލާ ގޮތަކަށް ނޫނެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް