އިންޑިއާއިން ރާއްޖެއަށް 319 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދީފި

އިންޑިއާއިން ރާއްޖެއަށް 319 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދީފިއެވެ.
މި ލޯނަކީ ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުން ދާ އިޤްތިޞާދީ އަދި މާލީ އެހީތެރިކަމުގެދަށުން، "ފްރޭމްވޮކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯސާކް ކަންޓްރީސް" ގެ ދަށުން ދީފައިވާ ލޯނެއް ކަމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.
30 ބިލިޔަން އިންޑިއާ ރުޕީސް ނުވަތަ 319 މިލިޔަން އެމެރިކާ ޑޮލަރުގެ މި ލޯނު ހަމަޖައްސައިދެއްވުމާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެކަމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ.
ސަރުކާރުން ބުނީ 319 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނުން މިވަގުތު ކުރިމަތިވަމުންދާ މާލީ ދަތިތަކަށް ހައްލު ހޯދުމާއެކު އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތްކުރެވޭނެކަމަށެވެ.
މީގެއިތުރުން އިންޑިއާއިން ނަގާފައިވާ 400 މިލިޔަން ޑޮލަރު މިހާރު އަނބުރާ ދައްކާފައިވާއިރު 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ރާއްޖެއަށް ހަމަޖައްސައިދިން 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރުވެސް ސަރުކާރުން ވަނީ ދައްކާ ޚަލާސްކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)
