logologologologo
STO
ކުޅިވަރު

ސައުތު އެފްރިކާގެ ކޯޗު ފާޑުކިޔުންތެރިންނަށް: ‘އަނގަ ބަންދުކޮއްގެން' ތިބޭ!

ސައުތު އެފްރިކާގެ ކޯޗު ފާޑުކިޔުންތެރިންނަށް: ‘އަނގަ ބަންދުކޮއްގެން' ތިބޭ!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 18

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުތު އެފްރިކާއިން ގެންގުޅުނު ޑިފެންސިވް ޓެކްޓިކްސްއަށް އަމާޒުވި ފާޑުކިޔުންތަކަށް އެ ޓީމުގެ ކޯޗު ހޫގޯ ބްރޫސް ހޫނު ރައްދެއް ދީފިއެވެ. ގްރޫޕް އޭގައި ޗެކިއާއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރޫސް ބުނީ ސޯޝަލް މީޑިއާގެ "ކުނިބުންޏަށް" އޭނާ ދުވަހަކުވެސް ކަންފަތް ނުދޭނެ ކަމަށާއި، ކަންކަން ކުރާނީ އޭނާ ބޭނުންވާ ގޮތަށް ކަމަށެވެ.

ފުރަތަމަ މެޗުގައި މެކްސިކޯ އަތުން 2-0 އިން ސައުތު އެފްރިކާ ބަލިވިއިރު، އެ މެޗުގައި އެ ޓީމަށް ނުރައްކާތެރި އެއްވެސް ފުރުސަތެއް އުފެއްދިފައެއް ނުވެއެވެ. އަދި މެޗު ނިމުނުއިރު އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާފައިވެއެވެ. މިކަމާ ގުޅިގެން ކުރީގެ ކުޅުންތެރިންނާއި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ކޯޗަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.

އުމުރުން 40 އަހަރުގެ ތަޖުރިބާކާރު ބެލްޖިއަމް ކޯޗު ބުނީ، އޭނާއަށް ފާޑުކިޔާ މީހުން މީގެ ކުރިން ހާސިލްކޮށްފައިވާ ކަންކަމަށް ބަލާއިރު، އެންމެ ރަނގަޅު ގޮތަކީ އެމީހުން "އަނގަ ބަންދުކޮށްގެން" ތިބުން ކަމަށެވެ. މެކްސިކޯ މެޗުގައި ހެދުނު ގޯސްތައް އޭނާއަށާއި ކުޅުންތެރިންނަށް އެނގޭ ކަމަށާއި، ކުރިއަށް އޮތް މެޗުގައި އެކަންކަން ރަނގަޅު ކުރެވޭނީ ޓީމަށް ބޯޅަ ހިފަހައްޓައިގެން ކުޅެވިގެން ކަމަށް ކޯޗު ބުންޏެވެ.
އެޓްލާންޓާގައި ކުޅޭ މި މެޗަކީ ދެ ޓީމަށްވެސް މުހިންމު މެޗެކެވެ. ސަބަބަކީ ޗެކިއާ ވެސް ވަނީ އެމީހުންގެ ފުރަތަމަ މެޗުގައި ސައުތު ކޮރެއާ އަތުން ބަލިވެފައެވެ. ބްރޫސް ބުނި ގޮތުގައި މި މެޗުން މޮޅުނުވެއްޖެނަމަ، ގްރޫޕްގެ ފަހު މެޗުގައި ސައުތު ކޮރެއާއާ ދެކޮޅަށް ކުޅެންޖެހޭނީ އެއްވެސް އުންމީދެއް ނެތް ހާލަތެއްގައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް