logologologologo
STO
ކުޅިވަރު

ކުޑަކުޑަ ކޭޕް ވާޑޭއިން ވަރުގަދަ ސްޕެއިން މައިތިރިކޮށް ލަދުގަންނުވާލައިފިި

ކުޑަކުޑަ ކޭޕް ވާޑޭއިން ވަރުގަދަ ސްޕެއިން މައިތިރިކޮށް ލަދުގަންނުވާލައިފިި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 15

ވޯލްޑް ކަޕްގައި މުޅިން އަލަށް ވާދަކުރާ ކުޑަކުޑަ ކޭޕް ވާޑޭ އިން ސްޕެއިން ހިފަހައްޓައި 0-0 އިން މެޗު އެއްވަރުކޮށްފި އެވެ. 

ގާތްގަނޑަކަށް 500،000 މީހުންގެ އާބާދީއެއް އޮތް ކޭޕް ވާޑޭއަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ދެވަނަ އަށް އެންމެ ކުޑަ ގައުމެވެ.

މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔަކީ ކޭޕް ވާޑްގެ އުމުރުން 40 އަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު ވޮޒީނިއާ ޖޯސީމާ ޑީއާޒެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި އެކަނިވެސް ނުރައްކާތެރި 6 ހަމަލާއެއް ދިފާއުކޮށްފަ އެވެ. 

ސްޕެއިންއިން ފުރަތަމަ ހާފުގައި ޖުމްލަ 15 ހަމަލާ އުފެއްދި އެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފެރާން ޓޯރޭޒް އަށެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެއަށްފަހު ރީބައުންސްވެގެން އައި ބޯޅަ ކީޕަރު ވޮޒީނިއާ ވަނީ ހުށިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ. 

ކޭޕް ވާޑެގެ ޑިފެންޑަރުން ދެއްކީ ހިތްވަރުގަދަ ކުޅުމެކެވެ. އެ ޓީމުގެ ޑިފެންޑަރުން ކަމަށްވާ، ސިޑްނީ ލޮޕޭޒް ކަބްރާލް އަދި ޖޮވާނޭ ކަބްރާލް ވަނީ އެ ދެ ކުޅުންތެރިން ބެކެހއްޓި ވައަތް ފަޅި ވަރުގަދައަށް ބަންދުކޮށް، ސްޕެއިންއިން އަރިމަތިން އުފައްދަން އުޅުނު ހަމަލާތައް ހުއްޓުވައިފަ އެވެ. 

މި މެޗަކީ އޮކްޓޯބަރު 2024 ގެ ފަހުން، ރަސްމީ މުބާރާތެއްގެ ފުރަތަމަ ހާފުގައި ސްޕެއިން އަށް ލަނޑެއް ނުޖެހި ނިންމާލަންޖެހުނު ފުރަތަމަ މެޗެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް