ކުލަބް ޖަމްޢިއްޔާތަކަށް ދޭ ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އާދީއްތަ ދުވަހަށް ހަމަވަނީ

ކުލަބް ޖަމްޢިއްޔާތަކަށް ދޭ ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އާދީއްތަ ދުވަހަށް ހަމަވާނެ ކަމަށް ބޭޏްކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ކްލަބްތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ގްރާންޓެއް ކަމަށެވެ.
2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ގްރާންޓަށް ހުޅުވާލާއިރު، މި އަހަރު ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ނިމިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
މި ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ބީއެމްއެލްއިން ބުނީ މި ފަންޑު ކާމިޔާބުކުރާ 5 ފަރާތަކަށް ތަޢުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ބޭންކުން ފޯރުކޮށްދޭ ކަމަށެވެ.
މި ފަންޑާ ބެހޭ އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/bank-fund އިން ލިބިލައްވާނެއެވެ.
އިތުރަށް





.gif.gif&w=828&q=100)