logologologologo
STO
ޚަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗުން ދަަށްކުރީ، ކުރީ ސަރުކާރުން ދަރަންޏާއި ފައިސާ ހަރަދުކުރި ޣައިރު ޒިންމާދާރު ގޮތުގެ ސަބަބުން: ތަރުޖަމާނު

ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗުން ދަަށްކުރީ، ކުރީ ސަރުކާރުން ދަރަންޏާއި ފައިސާ ހަރަދުކުރި ޣައިރު ޒިންމާދާރު ގޮތުގެ ސަބަބުން
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 06

ދިވެހިރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމަށް ރާއްޖޭގެ ކްރެޑިޓު ރޭޓިން ހަދާ އެޖެންސީތަކުން ނިންމީ އެއްވެސް ހާލެއްގައި ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ކުރަންޖެހުނު ހަރަދުތަކުގެ ސަބަބުން ނޫންކަމަށާއި، އެއީ ނެގި ދަރަންޏާއި ފައިސާ ހަރަދުކުރި ޣައިރު ޒިންމާދާރު ގޮތުގެ ސަބަބުންކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ކޮވިޑާ ގުޅިގެން ހިލޭ އެހީއާއި ލުއި ދަރަނީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބުނު ކަމަށެވެ. އަދި އެއިރު ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ކޮވިޑާ ގުޅުންހުރި ކަންކަމަށް ހަރަދުކުރި ނިސްބަތަކީ ވަރަށް ކުޑަ މިންވަރެއް ކަމެއްކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. 

އިންޑިޔާއިން 2019 ވަނަ އަހަރު ނެގި 200 މިލިއަން ޑޮލަރާއި، ސުކޫކު ވިއްކައިގެން ނެގި 500 މިލިއަން ޑޮލަރުގެ ދަރަނީގެ އިތުރަށް، ދައުރު ނިމެން ކައިރިވެފައިވަނިކޮށް ނެގި ދަރަނިތަކާއި، ޗާޕުކޮށްގެން ނެރުނު ފައިސާ ބޭނުންކުރީ އިގުތިސާދު ކުރިއަރުވަންތޯ ސުވާލުކުރައްވަމުން މުންދު ވިދާޅުވީ މިސަރުކާރު ހަވާލުވިފަހުން ފިޗު ރޭޓިން ދަށްކުރީ އެއިރު ދަރަނީގެ ހާލަތު އޮތް ގޮތާއި، ދަރަނި އަދާކުރުމަށް އަޅަންޖެހުނު ފިޔަވަޅުތައް ފަދަ ކަންކަމުގެ ސަބަބުން ދަށްކުރި ކުރުމެއް ކަމަށެވެ. 

"ދަށްވި ދަށްވުމަކީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ދަށްވި ކަމެއް ނޫން. އެއީ އަޅުގަނޑުމެން ހަވާލުވިއިރު ދަރަނި އޮތް މިންވަރު، ދަރަނި އަދާކުރަން އަޅަންޖެހުނު ފިޔަވަޅުތަކާއި އެފިޔަވަޅުތަކުގެ ބޮޑުކަން އަދި ދަރަނި ނަގާފައި އޮތް ގޮތްވެސް މުހިއްމުވޭ. ދަރަނި އެކަށައެޅިފައިހުރި ވަގުތުތައްވެސް ވަރަށް މުހިއްމު. ވަރަށް ގިނަ ދަރަނިތައް ދައްކަން ހުރީ ފައްތަރުވާ ގޮތަށް،" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ފިޗުގެ ރޭޓިންއަކީ ކުރެވުނު މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކާމިޔާބެއްކަމުގައިވީ ނަމަވެސް ހަގީގީ ކާމިޔާބަކީ ބަޖެޓުގެ ތެރެއިން ހަރަަދުތައް ހަމަޖެއްސުމާއި، ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަންނުޖެހި ސަލާމަތްވުން ކަމަށެވެ. އަދި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ. 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް