logologologologo
STO
ޚަބަރު

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ފުރިހަމަ އިތުބާރު ހޯދުމަކީ އާދައިގެ ކަމެއް ނޫން: ނަރީޝް

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ފުރިހަމަ އިތުބާރު ހޯދުމަކީ އާދައިގެ ކަމެއް ނޫން: ނަރީޝް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 04

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ފުރިހަމަ އިތުބާރު ހޯދުމަކީ އާދައިގެ ކަމެއް ނޫން ކަމަށް މާލޭސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުއަށް ތަޢުރީފްކުރައްވާ ނަރީޝް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ދިވެހީން ދަރަނި ދަންތުރައިން ސަލާމަތްކޮށް އިޤްތިޞާދީގޮތުން ފުދުންތެރި ފާގަތި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ މަތިވެރި އަޒުމާއިއެކުގައި ކަމަށެވެ.

ނަރީޝް ވިދާޅުވީ ޙިކުމަތްތެރިކަމާއިއެކު އަޅުއްވަމުން ގެންދެވި ހަރުދަނާ ފިޔަވަޅުތަކުގެ ފޮނިމީރުކަން މިއަދު ދިވެހީންނާއި ބައްދަލު ކުރީ އުފާވެރި އުޖާލާ މާދަމާއެއް ދިވެހީންނަށް ލިބޭނެ ކަމުގެ ޔަޤީންކަމާއިއެކުގައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ފުރިހަމަ އިތުބާރު ހޯދައިގެން ކަމަށެވެ.

"މިއީ އާދައިގެ ކަމެއް ނޫން، މިއީ ހިތްވަރުގަދަ އެތައް ނިންމުމެއްގެ ނަތީޖާ! ޙަޤީޤީ މާނައިގައި ދިވެހީންނަށް އުފާވެރި މާދަމާއެއް ހޯދައިދޭން ކުރި މަސައްކަތުގެ ފޮނިމީރުކަން!" ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ނުވާނެ ކަމަށްބުނެ އިދިކޮޅުން އެތައް ވާހަކަތަކެއް ދައްކާ ރައްޔިތުންނަށް އޮޅުވާލައި ދޮގުތައް ހަދަމުންދަނިކޮށް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާ ހަލާސްކޮށް ނިންމާލީ މާލީ އިދާރާތަކުގެ އިތުބާރު އައު ކުރަމުން ކަމަށާ ދިވެހިންގެ ޝުކުރު ފަށްފަށުން ރައީސް ޑރ. މުޢިއްޒުއަށް ދަންނަވާ ކަމަށެވެ.

ނަރީޝް މިފަދައިން ވިދާޅުވެފައި މިވަނީ ހަނގުރާމައިގެ ދުވަސްވަރުވެސް ރާއްޖޭގެ އިޤްތިޞާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން އިއްޔެ މަތިކުރުމާއި ގުޅިގެންނެވެ.

ރާއްޖޭގެ ރޭޓިންގް މަތިކުރުމުގެ މައިގަނޑު ސަބަބެއް ގޮތުގައި ފިޗްއިން ފާހަގަކޮށްފައިވަނީ ރާއްޖެ އަދާ ކުރަންޖެހޭ ދަރަނިތައް ސަރުކާރުން އަދާކޮށްފައިވުމެވެ. އެގޮތުން 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުން ރޭޓިން މައްޗަށް ޖެއްސުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗް ރޭޓިންގްސްއިން ވަނީ ފާހަގަކޮށްފައެވެ.

މި ކުރިއެރުމާއި ގުޅިގެން، ކޮންމެހެން ބޭނުންތެރި މާލީ އިޞްލާޙުތައް ތަންފީޛުކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ޙިކުމަތްތެރިކާމާއި އިރުޝާދުތަކަށް މާލީ ވަޒީރު މޫސާ ޟަމީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް