ކުރީގެ ތިން ރައީސުން ރައީސް މުޢިއްޒުއަށް ޝުކުރުގެ ބަހެއް ބުނެލާނެ ނަމައޭ ހިތަށްއަރާ: ފަލާޙް

ކުރީގެ ތިން ރައީސުން ރައީސްމުޢިއްޒުއަށް ޝުކުރުގެ ބަހެއް ބުނެލާނެ ނަމައޭ ހިތަށްއަރާ ކަމަށް ޕީއެންސީ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް މިފަދައިން ވިދާޅުވެފައި މިވަނީ ހަނގުރާމައިގެ ދުވަސްވަރުވެސް ރާއްޖޭގެ އިޤްތިޞާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން އިއްޔެ މަތިކުރުމާއި ގުޅިގެންނެވެ.
ފަލާޙް ވިދާޅުވީ ރައީސް މުޢިއްޒު ޤަޢުމާއި ހަވާލުވެވަޑައިގެންނެވިއިރު ސަލާމަތްނުވާނެފަދަ ނުބައި ޙާލަތަކަށް ކުރީގެ ވެރިކަންކުރި ރައީސުން ގެންގޮސްފައި އޮތް ޤަޢުމެއް ދިވެހިރައްޔިތުންނަށް އަނބުރާ ހޯއްދަވައިދެއްވީތީ ރައީސް މުޢިއްޒުއަށް ފައްފަށުން މަރްޙަބާއާއި ޝުކުރުދަންނަވާ ކަމަށެވެ.
ފަލާޙް ވިދާޅުވީ ކުރީގެ 3 ރައީސުން ކަމުގައިވާ ރައީސް ޔާމީން، ރައީސް ނަޝީދު އަދި ރައީސް ޞާލިޙްގެ ސަރުކާރުން ނަގާފައިވާ 1 ބިލިއަން ޑޮލަރަށްވުރެ ބިޔަ ބޮޑު ދަރަނި މި ސަރުކާރަށް ނުދެއްކޭނެ ކަމަށް ކަމަށެވެ.
"އަޅުގަނޑު ހިތަށްއަރާ ކުރީގެ ރައީސް ޔާމީނާ ރައީސް ނަޝީދު އާއި. ރައީސް ޞާލިޙްގެ މި 3 ވެރިކަމުގައި ނަގާފައިވާ 1ބިލިއަން ޑޮލަރަށްވުރެ ބިޔަ ބޮޑު ދަރަނި މި 3 ވެރިންވެސް ނުދެއްކޭނޭ ހިތާ އުފަލުން ހޭންތިއްބާ މާތްﷲގެ ރަޙްމަތްފުޅުން ދައްކާ ޚަލާސްކޮށް އަންނަންއޮތްޖީލަށް މިޤަޢުމު ސަލާމަތްކޮށްދިނީތީ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން ރައީސް މުޢިއްޒުއާއި މިސަރުކާރަށް ޝުކުރު އަދާކުރާ މިވަގުތުގައި މި 3 ރައީސުންވެސް ރައީސްމުޢިއްޒުއާއި މިސަރުކާރަށް ޝުކުރުގެ ބަހެއް ބުނެލާނެނަމައޭ " ފަލާޙް މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވިއެވެ.
ފަލާޙް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ މިޤަޢުމު އެދޭފަދަ ވަރުގަދަލީޑަރެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ސާބަސްދެއްވައިފައެވެ.
ރާއްޖޭގެ ރޭޓިންގް މަތިކުރުމުގެ މައިގަނޑު ސަބަބެއް ގޮތުގައި ފިޗްއިން ފާހަގަކޮށްފައިވަނީ ރާއްޖެ އަދާ ކުރަންޖެހޭ ދަރަނިތައް ސަރުކާރުން އަދާކޮށްފައިވުމެވެ. އެގޮތުން 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުން ރޭޓިން މައްޗަށް ޖެއްސުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗް ރޭޓިންގްސްއިން ވަނީ ފާހަގަކޮށްފައެވެ.
މި ކުރިއެރުމާއި ގުޅިގެން ކޮންމެހެން ބޭނުންތެރި މާލީ އިޞްލާޙުތައް ތަންފީޛުކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ޙިކުމަތްތެރިކާމާއި އިރުޝާދުތަކަށް މާލީ ވަޒީރު މޫސާ ޟަމީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އިތުރަށް





.gif.gif&w=828&q=100)