logologologologo
STO
ޚަބަރު

ކުޑަކުދިންނަށް، ބައެއް އެޕްތަކަށް ނުވަދެވޭ ގޮތް ހެދުމަކީ ކުރަންޖެހިފައިވާ ކަމެއް: ޑރ. މުޙައްމަދު ޢަލީ

 ކުޑަކުދިންނަށް، ބައެއް އެޕްތަކަށް ނުވަދެވޭ ގޮތް ހެދުމަކީ ކުރަންޖެހިފައިވާ ކަމެއް: ޑރ. މުޙައްމަދު ޢަލީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 01

މީސްމީޑިއާގެ ބައެއް އެޕްތަކަށް ކުޑަކުދިންނަށް ނުވަދެވޭ ގޮތް ހެދުމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށް ފުއްޕާމޭގެ ޚާއްޞަ ޑޮކްޓަރު މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ޑޮކްޓަރު މުޙައްމަދު މިފަދައިން ވިދާޅުވެ މީސްމީޑިއާގައި މެސެޖެއް ހިއްސާ ކުރައްވާފައި މިވަނީ ރާއްޖޭގައި އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް މީސް މީޑިއާގެ ވަކި އެޕްތަކެއް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރެއްވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ޑޮކްޓަރު މުޙައްމަދު ވިދާޅުވީ އެ ކަމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށާއި ސައިންސްވެރިންނަށްވެސް އަދި އެދެވޭ ގޮތެއްގައި، ސިފަކޮށްދޭން ދަތިވާ ފަދަ ގޮތްގޮތަށް، ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ ސިކުނޑިއަށް ނޭދެވޭ އަސަރުތައް ކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ 16 އަހަރު ނުފުރޭ ތުއްތު ކުދިންނާއި ޒުވާނުން މީސްމީޑިއާގައި ބުލީގެ ޝިކާރައަކަށްވެ، އެހެނިހެން ނުރަނގަޅު ކަންކަމުގެ ތެރެއަށް ގޮސް ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށާއި އެކަން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅަން ގަސްދު ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި ޑިޖިޓަލް ޕްލެޓްފޯމްތަކުން ތައުލީމް ހާސިލް ކުރުމަށް އަދި އެކި ކަހަލަ ފަންނުތައް ދެނެގަތުމަށްޓަކައި އިންޓަނެޓަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެންކަމުން އެކަންކަމަށް އެއްވެސް ކަހަލަ އަސަރެއް ނުކުރާ ގޮތަށް މީސްމީޑިއާގެ ބައެއް ކޮންޓެންޓުތަކާއި ބައެއް އެޕްތައް ބަންދުކުރާނެ ކަމަށާއި ޒުވާން ކުދިން ނުބައި ކަންކަމުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް