logologologologo
STO
ޚަބަރު

2 އަހަރު ފަހުން އަނެއްކާ ވެސް ޒާރާގެ ފެނިލުމެއް

2 އަހަރު ފަހުން އަނެއްކާ ވެސް ޒާރާގެ ފެނިލުމެއް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 20

ބ. ކަމަދޫގެ މަޝްހޫރު ނެށުންތެރިޔާ އާމިނަތު ޒާރާ އަލުން ނެށުމުގެ ދާއިރާއާ ގުޅިއްޖެއެވެ.

ޒާރާ އަލުން ނަށަން ފެށިކަން އެނގުނީ މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް ނެރުނު "ކަމަދޫ އީދު ފޯރި" ޕްރޮމޯޝަން ލަވައިން ޒާރާގެ ނެށުމުގެ ހަރަކާތްތައް ފެންނާތީއެވެ. މި ފަހުން އައި ކޮންމެ އަޟްހާ އީދަކާ ދިމާކޮށް ކަމަދޫން އަންނަނީ ޕްރޮމޯޝަނަލް ލަވައެއް ނެރެމުންނެވެ. އެގޮތުން، 2024 ވަނަ އަހަރު ނެރުނު ލަވައިގައި ޒާރާގެ ނެށުމުގެ ހަރަކާތްތައް ފެނުނު ނަމަވެސް، މިދިޔަ އަހަރު ނެރުނު ލަވައިގައި ޒާރާ ފެނިފައެއް ނުވެއެވެ.

ޒާރާގެ ފަހުގެ ފެނިލުމާއެކު، މިފަހަރުގެ އީދުގައި ކަމަދޫން އޭނާގެ ފަރި ހަރަކާތްތައް ފެންނާނެ ކަމަށް ބެލެވެއެވެ.

ގިނަ ދިވެހިންގެ މަގުބޫލުކަން ޒާރާއަށް ލިބުނީ 2024 ވަނަ އަހަރު ބޮޑު އީދު ފާހަގަކުރުމަށް ކަމަދޫގައި ބޭއްވި ފޯރިގަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. 

ކަމަދޫ އަކީ ސަގާފީ ކުޅިވަރުތަކަށް ރާއްޖޭގައި ނަން މަޝްހޫރު ރަށެކެވެ. 2024 ވަނަ އަހަރު ޒާރާ އަށް ލިބުނު މަޝްހޫރު ކަމާ ހުރެ، މަޝްހޫރު ވިޔަފާރިވެރިޔާ ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވަނީ ޒާރާއާ ކަައިވެނި ބައްލަވައިގަތުމަށް ނިންމަވައިފައެވެ. ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަން ލިބުނު އެ ކައިވެނި އޮތީ އޮކްޓޯބަރު 10، 2024 ގައެވެ. އެކަމަކު، އެ ކައިވެންޏަށް އަހަރެއް ނުވަނީސް ރޫޅާލާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. 

ސިޔާމް، ޒާރާއާ ކައިވެނި ބައްލަވައިގެންނެވިއިރު ވެސް ހުންނެވީ މޮރޮކޯގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވެ. އެ ކައިވެނި އެގޮތުގައި ދެމިއެބައޮތެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް