ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ ސްޓޮކު ހަލުވި މިނުގައި ހުސްވަނީ

ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ ސްޓޮކު ހަލުވި މިނެއްގައި ހުސްވަމުންދާ ކަމަށް ބައިނަލްއަޤްވާމީ ހަކަތައާބެހޭ އިދާރާ، އައިއީއޭގެ އިސްވެރިޔާ، ފާތިހް ބިރޯލް ވިދާޅުވެއްޖެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އިސްވެ އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާއެކު އީރާނުން ވަނީ ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނު
ންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ދަތިކޮށްފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
ބިރޯލް ވިދާޅުވީ ރައްކާކޮށްފައިވާ ތެލުގެ ޚާއްޞަ ރިޒާވް ސްޓޮކަކުން ތެޔޮ ދޫކުރުމުން ބާޒާރުގައި ލިބެންހުރި ތެލުގެ ޢަދަދު، ދުވާލެއްގެ މައްޗަށް 2.5 މިލިޔަން ފީފާގެ މިންވަރުން އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މި ފަދަ ރިޒާވްތައް ވެސް ވަކި ހިސާބަކުން ހުސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އުތުރު ހެމިސްފިޔަރގައި ބަހާރު މޫސުމުގައި ގަސް އިންދާ ދަނޑު ހެއްދުމުގެ މޫސުން ފެށޭއިރު، އަދި ހޫނު މޫސުމުގައި ދަތުރުފަތުރުކުރުން އިތުރުވެގެންދާއިރު، ޑީސެލްއަށާއި ގަސްކާނާއަށާއި ޖެޓް ފިއުލްގެ އިތުރުން ގެސޮލިންއަށް އޮންނަ ޑިމާންޑު އިތުރުވެގެންދާނެ ކަމަށް ބިރޯލް ފާހަގަކުރެއްވިއެވެ. އެއާއެކު އެ ތަކެތީގެ ސްޓޮކް ހުރި މިންވަރު ވަރަށް ހަލުވިކަމާއެކު އަޑިއަޅައިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބިރޯލް އިތުރަށް ވިދާޅުވީ ހަނގުރާމަ ފެށުމުގެ ކުރިން ބޭނުންވާ ވަރަށްވުރެ އެތައް ގުނައެއް އިތުރަށް ބާޒާރުގައި ތެޔޮ ލިބެން ހުރި ކަމަށެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ޙާލަތު މިހާރު ބަދަލުވެފައިވާ ކަމަށް އޭނާ ފާޙަގަކުރެއްވިއެވެ. ބާޒާރުގައި ވިއްކާ ތެލުގެ ސްޓޮކް އަދި ހަފްތާތަކަކަށް ހުސްނުވެ ހިފަހައްޓައިލެވުނަސް، ހަލުވިކަމާއެކު ސްޓޮކް ދަށަށް ދަމުންދާ ކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިނގަމުންދާ 2026ވަަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ތެލުގެ ސަޕްލައި ދުވާލަކު 3،9 ފީފާގެ މަގުން މަދުވާނެ ކަމަށް އައިއީއޭއިން ވަނީ ބުނެފައެވެ.
އިތުރަށް




.gif.gif&w=828&q=100)