ސީރިއާގެ ބޯޑަރު ހުރަސްކުރި އިސްރާއީލުގެ 10 މީހުން ހައްޔަރުކޮށްފި

ސީރިއާގެ ބޯޑަރު ހުރަސްކުރި އިސްރާއީލުގެ 10 މީހުން އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ހައްޔަރު ކޮށްފިއެވެ.
މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެ ގައުމުގެ އަސްކަރިއްޔާގެ ސިފައިން، ބޯޑަރު ހުރަސްކުރި މީހުން ސީރިއާގެ ސަރަހައްދުން އިސްރާއީލަށް އަނބުރާ ގެނެސްފައިވާ ކަމަށެވެ. އެ މީހުން އަނބުރާ ގެނެވުމާއެކު އިސްރާއީލުގެ ފުލުހުންނާ އެމީހުން ހަވާލު ކުރި ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މި މީހުންގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އިސްރާއީލުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ފާއިތުވި ދުވަހުގެ ތެރޭގައި "ހަބަޝަން ޕައިނިއާސް" ގްރޫޕްގެ އެކްޓިވިސްޓުން ކަމަށް ބުނާ މީހުން ބޯޑަރު ހުރަސް ކުރަން މަސައްކަތް ކުރި ހަތަރު ވަނަ ފަހަރެވެ.

.gif.gif&w=828&q=100)

