އެމްޑަބްލިޔުއެސްސީގެ ޗެއަރމަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޗެއާމަންކަމުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމުން ޝަމްހޫޒާ އަހުމަދު ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެ ބޯޑުން ވިދާޅުވީ، ޝަމްހޫޒާ އަޙްމަދު މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުންނާއި ޑިރެކްޓަރުންގެ ބޯޑުންވެސް ވަކިކޮށްފައިވާ ކަަމަށެވެ.
އެ މަގާމަށް ޝަމްހޫޒާ އައްޔަނުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެމްޑަބްލިއުއެސްސީގެ އިތުރުން، އޭނާ ވަނީ މާލެ ސިޓީ ކައުންސިލްގެ ޑިރެކްޓަރެއްގެ މަގާމާއި ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައެވެ.
ޝަމްހޫޒާ މަޤާމުން ވަކިކޮށްފައިވާއިރު ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކި ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ، ބަދަލުތައް ގެންނަވަމުންނެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހުގެ 12ވަނަ ދުވަހު އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ޢަބްދުލްމަތީން މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަޤާމަށް މިހާރު ވަނީ ޙުސެއިން ފަޙުމީ އައްޔަން ކުރައްވާފައެވެ.

.gif.gif&w=828&q=100)
