logologologologo
STO
ޚަބަރު

ޙައްޖުވެރިންގެ ނުސުކް ކާޑު އަމިއްލަ ޤައުމުން ހަވާލުކުރާ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ!

ޙައްޖުވެރިންގެ ނުސުކް ކާޑު އަމިއްލަ ޤައުމުން ހަވާލުކުރާ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 14

ޙައްޖުވެރިންގެ ނުސުކް ކާޑު އަމިއްލަ ޤައުމުން ހަވާލުކުރާ ފުރަތަމަ ޤައުމު ކަމުގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ޙައްޖުވެރިންގެ ނުސުކް ކާޑު ރާއްޖެއިން ފުރުމުގެ ކުރިން، ޙާޖީންނާއި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދިވެހިރާއްޖެއަކީ މި ކާޑު، އަމިއްލަ ޤައުމުން ހަވާލުކުރާ ފުރަތަމަ ޤައުމުކަމަށް ރާއްޖޭގެ މުޠައްވިފް ރަވާފް މިނާއިން ވަނީ ފާހަގަކުރައްވައިފައެވެ.

މިހާރު ޙައްޖު ކޯޕަރޭޝަނުން ދަނީ ފުރަތަމަ ފްލައިޓްގެ ޙައްޖުވެރިންގެ ބައޯމެޓްރިކްސްގެ ކަންކަން ފުރިހަމަކޮށް، ކާޑު ހަވާލުކުރަމުންނެވެ.

ނުސުކް ކާޑަކީ ޙާއްޖުވެރިން ހުރިހާ ވަގުތެއްގައި ގެންގުޅެންޖެހޭ ކާޑެކެވެ. މި ކާޑާ ނުލައި ޙައްޖުގެ އެއްވެސް މަޝާއިރެއްގައި ބައިވެރިއެއް ނުވެވޭނެއެވެ. އެހެންކަމުން ކޮންމެ ޙައްޖުވެރިއެއްގެ އެންމެ މުހިއްމު ލިޔެކިޔުމަކީ ސަޢުދީގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން ޙައްޖުވެރިންނަށް ހަވާލުކުރާ ނުސުކް ކާޑެވެ.

އަހަރުން އަހަރަށް ސަޢުދީން ގެންނަނީ ޙައްޖުގެ ނިޒާމު ޑިޖިޓަލައިޒްކޮށް ޚިދުމަތްތައް ހަރުދަނާކުރަމުންނެވެ. މިއިން ކޮންމެ ފިޔަވަޅަކީ ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ކޮންމެ ޙައްޖުވެރިއަކީވެސް ސަޢުދީން ކަނޑައަޅާ މިންގަނޑާ އެއްގޮތަށް އެންމެ އެކަށީގެންވާ ޚިދުމަތްތައް ކަށަވަރުވެފައިވާ ޙާޖީއެއްކަން ކަށަވަރުކުރުމެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް