logologologologo
STO
ޚަބަރު

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ ޕީޖީން ނިންމައިފި

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ ޕީޖީން ނިންމައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 13

މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ން ދެންމެ ނިންމައިފި އެވެ.

މިއަދު 11:15ގައި ފެށި ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމާފައިވަނީ ނާޒިމް މަގާމުން ދުރުކުރުމަށެވެ. އަދި އެކަން ކުރުމަށް އޭނާގެ އިތުބާރު ނެތްކަމުގެ މަައްސަލައިގައި ސޮއިކޮށް، އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ނިންމާފައިވެ އެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން ވެސް ނާޒިމް ވަނީ މިއަދު ބޭރުކޮށްލައިފަ އެވެ.

MALDIVE GASAllied Insurance
އިތުރަށް