logo
logo
މެރިޓް ބޭސްޑްކޮށް ނޫން ގޮތަކަށް މަޤާމުތަކަށް މީހުން ނެގިގެން ނުވާނެ: ރައީސް

މެރިޓް ބޭސްޑްކޮށް ނޫން ގޮތަކަށް މަޤާމުތަކަށް މީހުން ނެގިގެން ނުވާނެ: ރައީސް

2026 އޭޕްރީލު 20
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ސަރުކާރުގެ އެއްވެސް މަޤާމަކަށް ކުރިއަށް އޮތްތަނުގައި މުވައްޒަފުން ނަގާނީ، ތަޢުލީމާއި ތަޖުރިބާއަށް ބަލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން އެދެނީ ވީހާވެސް ސައިޒުން ކުޑަ ސަރުކާރެއް ހިންގެވުންކަމަށާއި އެގޮތުން ދދެން ސަރުކާރުން ވަޒީފާތަކަށް ކުރިމަގުގައި މުވައްޒަފުން ނަގާނީ މެރިޓް ބޭސްކޮށް ނުވަތަ ތަޢުލީމާ ތަޖުރިބާއަށް ބަލާފައި ކަމަށެވެ.

"ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ނުވަތަ ސިޔާސީ ފަރާތަކާއި ގުޅިގެން ވަޒީފާ ދިނުން މިހާރު މި ޤައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމެއް. މިއޮތީ ރައްޔިތުން ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް. ދެންމެ މި ދެންނެވި ގޮތަށް ކުރިމަތިލައިން އެމީހާގެ ސީވީއަށް ބަލައި މެރިޓް ދެން އެއްވެސް އެސްއޯއީއަކުންވެސް މިނިސްޓްރީ އަކުންވެސް މުވައްޒަފުން ނަގައިގެން ނުވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކަށް މީހުން ނެގުމުގެ އިތުރުން، ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ މަސައްކަތް ވަޒަންކޮށް މަދުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ މުވައްޒަފުން ވުޒާރާތަކަށް އައްޔަން ކުރުމުގެ ބާރު އެމަނިކުފާނަށް އޮންނައިރު ކުރިއަށް އޮތްތާނގައި އެވަޒީފާތަކަށް ކޮންމެހެން މީހަކު ނަގާނަމަވެސް ތަޢުލީމަށް ބައްލަވަން ގަސްތުކުރައްވާ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުގެ ވިސްނުމުގައި ކުރިއަށް އޮތްތާނގައި ނެތް އެއްގޮތަކަށްވެސް މިސާލަކަށް ސްޓޭޓް މިނިސްޓްރަކަށް މީހަކު ކޮންމެހެން ލާންޖެހިއްޖެއިއްޔާ ލާންޖެހޭ ފަހަރެއްގައި އެމީހެއްގެ އަތުގައި މާސްޓާސް ޑިގްރީއެއް އޮތުން. ޑެޕިއުޓީ މިނިސްޓަރަކަށް ކޮންމެހެން ލާންޖެހޭ ހާލަތެއްގައި އެމީހެއްގެ އަތުގައި ޑިގްރީއެއް އޮތްތޯ ބެލުން، މިކަހަލަ ރަފް މިންގަނޑެއް ގެންގުޅެން ވިސްނަވާފައި މިއޮތީ. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް ހިންގުން ހަރުދަނާ ކުރެއްވުމަށް މިހާރު ފިޔަވަޅު އަޅަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށްވެސް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން 20 ވަޒީރުން އިން 15 ވަޒީރުންނާށް ކެބިނެޓް ކުޑަކުރައްވާފައިވާއިރު، ޚަރަދުތައް ކުޑަ ކުރުމުގެ ތަފާތު ފިޔަވަޅުތައްވެސް ދަނީ އަޅުއްވަމުންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް