logologologologo
STO
ޚަބަރު

އަޑިއަށްދިޔަ އުދަރެސް ބޯޓުން ގެއްލުނު ދިވެހި މީހާ ދިރިހުއްޓާ ފެނިއްޖެ

އަޑިއަށްދިޔަ އުދަރެސް ބޯޓުން ގެއްލުނު ދިވެހި މީހާ ދިރިހުއްޓާ ފެނިއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 09

އަޑިއަށްދިޔަ އުދަރެސް ބޯޓުން ގެއްލުނު ދިވެހި މީހާ ދިރިހުއްޓާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ''އުދަރެސް'' ބޯޓު ފަރަށް އެރި ޙާދިސާގައި ގެއްލުނު ދިވެހި ފިރިހެން މިހާ ދިރިހުއްޓާ ފެނިއްޖެ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ފެނުނީ ލ. ގާދޫ ކައިރީގައި ފެންމަތީގައި އޮތް ފިލާގަނޑެއްގެ މަތީގައި އޮއްވާ، އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ދިޔަ ދޯންޏަކަށް ކަމަށެވެ.

އޭނާ ފެނިފައިވަނީ ކޯސްޓުގާޑުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަން ފާހަގަ ކުރެވެއެވެ.

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން، ރޭ ދަންވަރު ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުން ކަމަށެވެ. މީގެތެރެއިން އެކަކު (ބިދޭސީ އެއް) ފަތާފައި ލ. އޮޅުވެއްޔަށް އަރާފައިވާއިރު، ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ނެގީ ރިސޯޓުގެ ދޯންޏަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ބޯޓުން ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ޙާލުވެސް ރަނގަޅެވެ.

ކަނޑުމަތިން ފެނުނު އިސްމާޢީލް ޢަފީފް ނަމަކަށް ކިޔާ އެމީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. 

 

MALDIVE GASAllied Insurance
އިތުރަށް